Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ގުރައިދޫ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ކެމްޕެއިނަށް ސްޓެލްކޯގެ ދެ ލޯންޗެއް ޚާއްޞަކޮށްފި

ކ.ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނުގައި އެމްޑީޕީން ކެމްޕެއިން ދަތުރުތައް ކުރުމަށް ސްޓެލްކޯގެ ދެ ލޯންޗެއް ޚާއްޞަކޮށްފިއެވެ.

މި ދެ ލޯންޗު އެމްޑީޕީގެ ކެމްޕެއިނަށް ޚާއްޞަކޮށް، ކ.ގުޅިއާއި، ކ.މާފުށްޓާއި، ކ.ގުރައިދޫގެ މެދުގައި އެމްޑީޕީގެ ކެމްޕެއިން ޓީމުތަކުން ކުރަމުންދާ ހުރިހާ ދަތުރުތަކަށް މި ދެ ލޯންޗު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފެވެ.

ޝަރީފު އަންގަވައިގެން އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކަށް ޚާއްޞަކޮށްފައިވަނީ ސްޓެލްކޯގެ ލޯންޗުތަކުގެ ތެރެއިން ހަނދޭގިރި ނަމަކަށްކިޔާ ލޯންޗާއި ހެނދޭގިރި ނަމަކަށްކިޔާ ލޯންޗެވެ. މިހާރުވެސް އެމްޑީޕީގެ ކެމްޕެއިން ޓީމުތަކުން ދާއިރާގެ ރަށްތަކަށް ދަތުރުކުރަމުންދަނީ މި ދެ ލޯންޗުގައެވެ.

ސްޓެލްކޯއަކީ މި ދާއިރާގެ ތިން ރަށުގައި ކަރަންޓު ޚިދުމަތްދޭ ކުންފުނިކަމަށްވާތީ އިންތިޚާބުގައި ސްޓެލްކޯއިން ބޮޑު ދައުރެއް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިރުޝާދުދެއްވާފައިވާކަމަށް އެކުންފުނީގެ އިސްވެރިޔަކު ނަން ނުޖެހުން ޝަރުތުކުރައްވައި "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.

"މިއީ ރައީސްގެ އެދިވަޑައިގަތުމަށް ހަމަޖައްސާ ކަންކަން. އިންތިޚާބު ވިންކުރަން ކުރަންޖެހޭ ހުރިހާ ކަމެއް މިކޮޅުން ކުރަން އޮތީ ތައްޔާރުވެފައި،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ޖަނަވަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ކ.އަތޮޅުގެ ރަށްތަކުގައި ސްޓެލްކޯއިން ހިންގާ އިންޖީނުގެތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާފައިވެއެވެ.

އެގޮތުން "ދިޔަރެސް"އަށް ލިބިފައިވާ ހިސާބުތަކަށް ބަލާއިރު ކ.ގާފަރުން ފަސް މީހަކަށް އަދި ކ.ދިއްފުށިން 6 މީހަކު އަދި ހިންމަފުށިން 6 މީހަކާއި ތުލުސްދޫން 8 މީހުން އަދި ކ.މާފުށިން 15 މީހަކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އަލަށް ވަޒީފާއަށް ނަގާފައިވެއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން އަންނަ މަހުގައި އޮންނައިރު، މީގެ ކުރިން މި ދައުރުގައި ބޭއްވި ހަމައެކަނި ބައި-އިލެކްޝަންކަމަށްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ބޭނުންކުރި މިންވަރަށްވުރެ ބޮޑަށް ނުފޫޒު ބޭނުންކުރާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މި ލިއުމާއި ގުޅޭ