Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ބުހުތާނު ދޮގު ހެދުމުގައި ރައީސް އިބްރާހިމް ވަރެއް ނެތް: ޑރ. ޖަމީލް

ބުހުތާނު ދޮގު ހެދުމުގައި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަރެއް ނެތްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމްއަކީ ތަފާތު ސަގާފަތެއްގެ ވެރިއެއްކަމަށާއި އެމަނިކުފަނަށް ކުރިން ދަރަނި ގޯސްވިކަމަށާއި ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބުމުން އަމަކުކުރައްވަނީ އެއާ ޚިލާފަށްކަމަށެވެ.

އެކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް ވެރިކަން ނިންމާލައްވަނީ ދަރަނި 100 ބިލިއަނަށްވުރެ މައްޗަށް ޖައްސާ އާރިކޯޑެއް އުފައްދާފައިކަމަށެވެ.

އަދި ބުހުތާން ދޮގު ހެދުމުގައި ރައީސް އިބްރާހިމް ވަރެއް ނެތްކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ އެމަނިކުފާނު ދެވަނަ ދައުރެއްގެ ހުވަފެން ދެކިލައްވާތީ ހައިރާންވާކަމަށެވެ.

މި ލިއުމާއި ގުޅޭ