Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

ޔަހޫދީންގެ ޣައިރު ޤާނޫނީ އާބާދުކުރުންތަކުގައި އިތުރު 1،000 ގެ އަޅަން އިސްރާއީލުން ބީލަންކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ސަރުކާރުން ޔަހޫދީން ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުކޮށްފައިވާ ޣައިރު ޤާނޫނީ އާބާދުކުރުންތަކުގައި 1،000 އަށްވުރެ ގިނަ އައު ގެދޮރު ބިނާކުރަން ހުއްދަދީފިއެވެ.

އާބާދުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ އިސްރާއީލަށް ނިސްބަތްވާ ޖަމްއިއްޔާއެއްކަމަށްވާ "ޕީސް ނައު" ޖަމްއިއްޔާއިންވަނީ މި ގެދޮރު އެޅުމަށް ކޮށްފައިވާ ބީލަން ކަރުދާސްތައް އާންމުކޮށް ޝާއިއުކޮށްފައެވެ.

"މިއީ އަނެއްކާވެސް އިތުރު ގެއްލުން ކުރިމަތިކުރާނެ ބިނާކުރުމުގެ މަޝްރޫއެއް. މިކަމުގެ ސަބަބުން އެމެރިކާއާއި އަހަރުމެންނާ އެކުވެރި އެހެން ޤައުމުތަކާ އަހަރުމެންގެ ގުޅުން ހީނަރުވެގެންދާނެ. އަހަރުމެންގެ އިތުބާރު ކުޑަވާނެ،" އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހަމަނުޖެހުން އިތުރުވެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވުމާ ގުޅިގެން އިސްރާއީލުންވަނީ އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކުގައި އާބާދުވުންތައް ޤާއިމުކުރުމާއި، ޤާއިމުކޮށްފައިވާ އާބާދުވުންތަކުގައި އިމާރާތްކުރުން މަޑުޖައްސައިލަން އެއްބަސްވެ ވައުދުވެފައެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުން ޤާއިމުކޮށްފައިވާ ޣައިރު ޤާނޫނީ އާބާދުކުރުންތަކުގެ ތެރެއިން އެފްރާތާއި ބެއިތަރް އިލިތުގައި 940 ގެދޮރު އަލަށް އެޅުމަށް އިސްރާއީލުގެ ލޭންޑް އޮތޯރިޓީން ޓެންޑާ ހުޅުވާލާފައިވެއެވެ. ހަމައެހެންމެ ގިލޯ ނަމަކަށްކިޔާ އާބާދުކުރުމުގައި 89 ގެ އެޅުމަށްވެސް ނިންމާފައިވެއެވެ.

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ބިންތަކުގައި ޤާއިމުކޮށްފައިވާ ޣައިރު ޤާނޫނީ އާބާދުކުރުންތަކުގެ ތެރެއިން އެންމެ ބޮޑު އާބާދުކުރުމަކީ ފަލަސްޠީނުގެ ބައިތުލަޙްމާ އިންވެގެން ކަހަލަ ގޮތަކަށް އޮންނަ އެފްރާތެވެ.

ފަލަސްޠީނު ސަރުކާރުން ބުނެފައިވަނީ މި ހުއްދަދިނުމަކީ ޣައިރު ޤާނޫނީ އާބާދުކުރުންތައް މަޑުޖައްސައިލަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެފައިވާ ވައުދާ ޚިލާފުވެ އަހުދަށް ޚިޔާނާތްތެރިވުން ކަމަށެވެ.

މި ލިއުމާއި ގުޅޭ