Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަމަޟާން މަސް

ރަމަޟާން މަހުގެ ދެވަނަ ދުވަހު، ޑެންމާކުގައި މުސްހަފެއް އަންދައިފި

ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ ތުރުކީ އެމްބަސީ ކައިރިއަށް އެއްވެ ހަރުކަށި ހައްދުފަހަނައެޅި ފިކުރުގެ ބަޔަކު ކީރިތި ޤުރުއާނުގެ ކޮޕީއަކާއި ތުރުކީ ދިދައެއް އަންދައިލުމާ ގުޅިގެން އެކަން ތުރުކީން ކުށްވެރިކޮށްފިއެވެ.

ތުރުކީގެ ޚާރިޖީވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އަހަރުމެންގެ މުޤައްދަސް ފޮތް ކީރިތި ޤުރުއާނަށް ދިން މުޑުދާރު ހަމަލާ އަދި އަހަރުމެންގެ ދިދައަށް ކުރި ބޭއިހުތިރާމު ހަރުކަށި އިބާރާތުން ކުށްވެރިކުރަން" ކަމަށެވެ.

އަދި އެ ބަޔާނުގައި އިތުރަށް ބުނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މިފަދަ މުޑުދާރު ކަންކަމަށް ހިއްވަރުދިނުމަކީ އަދި އެކަންކަން ހިންގަން ފުރުސަތު ދިނުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅިގެން ތުރުކީގެ ނުރުހުން ޑެންމާކުގެ ސަރުކާރާއި އެ ޤައުމުގެ އިދާރާތަކާ ހިއްސާކޮށްފައިވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ޕެޓްރިއޮޓްސް ލިވް" ނަމަކަށްކިޔާ ހައްދުފަހަނައެޅި ޖަމާއަތަކުން ހުކުރުދުވަހު ޑެންމާކުގެ ވެރިރަށުގައި ހުންނަ ތުރުކީގެ ސަފާރާ ކުރިމަތީގައި ކީރިތި ޤުރުއާން އެންދުމަށްފަހު، ތުރުކީ ދިދަވެސް އަންދާފައިވެއެވެ. އަދި މި އަމަލު އެ ޖަމާއަތުގެ ފޭސްބުކް ސަފުހާ މެދުވެރިކޮށް ވަގުތުން ދުރަށްވެސް ދެއްކިއެވެ.

އަދި މި ހަރަކާތުގައި ބައިވެރިވި މީހުންވަނީ އިސްލާމްދީނާ ދެކޮޅު ޝިއާރުތައް ލިޔެފައިވާ ބެނާތައް އުފުލުމާއެކު، އިސްލާމްދީނަށް ތައުހީނުވާފަދަ ޝިއާރުތައް ގޮވައި އަޑުއުފުލާފައެވެ.

މިސްކިތްތަކާއި އިސްލާމީ ޤައުމުތަކުގެ ސަފާރާތަކުގެ ކުރިމަތީގައި ކީރިތި ޤުރުއާން އެންދުން މިހާރަކަށް އައިސް ޑެންމާކު ފަދަ ލިބެރަލް ޤައުމުތަކުގައިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ލިއުމާއި ގުޅޭ