Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބޮޑީ ބިލްޑިން

ބޮޑީބިލްޑިންގެ ރައީސަކަށް އަނެއްކާ ވެސް އިއްބެ ހޮވިއްޖެ

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސް ކަމުގެ މަގާމަށް އިބްރާހިމް ހަމީދު (އިއްބެ) އަނެއްކާވެސް ހޮވިއްޖެއެވެ.

އިއްބެ މަގާމަށް އިންތިހާބު ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. އިއްބެއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިއްބެ އަކީ މިހިނގާ ދައުރުގެ ބީބީއެމްގެ ރައީސް ކަމުން ކުރިއަށް އޮތް ދައުރަށް އޭނާ އިންތިހާބުވުމާއެކު އޭނާއަށް ޖެހިޖިހިގެން ތިން ދައުރު އެ އެސޯސިއޭޝަންގެ ރައީސްގެ ދައުރު އަދާކުރެވޭނެއެވެ.

އިއްބެ އިތުރުން ދެން އެ އެސޯސިއޭޝަނަށް ހޮވިފައިވަނީ ނައިބު ރައީސް އަދި ހަޒާންދާރުގެ މަގާމަށް އަހުމަދު އައިމަން، އެކްސްކޯގެ އިތުރު މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އަހުމަދު ލިޒާމާއި މުހައްމަދު ނަޒީހު އަދި މުހައްމަދު ނާޝިދެވެ.

މީގެކުރިން އިއްބެ، ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު އަދާކުރެއްވި ދެ ދައުރުގައި ވެސް ރާއްޖޭން ވަނީ ރަން ވަނަ ތަކެއް ހޯދައިފައެވެ. އެގޮތުން ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރުމުގައި ވެސް ކާމިޔާބީތަކެއް ހޯދައިފައި ވެއެވެ.

ބޮޑީބިލްޑިންގެ ރައީސް އިއްބެއަކީ މަޝްހޫރު ބޮޑީބިލްޑިން ޖަޖެއްވެސް މެއެވެ. އެގޮތުން އިއްބެ ވަނީ މިދިޔަ އަހަރުގެ މެއި މަހު، ވިއެޓްނާމްގެ ހަނޯއިގައި ކުރިއަށްދިޔަ 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސް - "ސީ ގޭމްސް" ގައިވެސް ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި ފަރާތެކެވެ.

މި ލިއުމާއި ގުޅޭ