Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫން ކޮންމެ ހުކުރު ދުވަހަކު އާންމުންނަށް ރޯދަވީއްލުމެއް ދެނީ!

އުރީދޫއިން މި އަހަރުގެ ރޯދަމަހަށް ހާއްސަ ކޮށްގެން ފެށި "ކޮމިއުނިޓީ އިފްތާރު" ގެ ފުރަތަމަ ރޯދަވީއްލުނ ބާއްވައިފިއެވެ.

އިއްޔެ އުރީދޫއިން އެ ރޯދަ ވީއްލުން ބޭއްވީ ސަލްމާން މިސްކިތުގައެވެ.

އެ ހަރަކާތަކީ މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ "ހަދިޔާ" ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތެކެވެ. އެގޮތުން މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލުމެއް ބާއްވަން އެ ކުންފުނިން ވަނީ ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ފެށި އުރީދޫގެ "ކޮމިއުނިޓީ އިފްތާރް" ގެ ފުރަތަމަ ރޯދަވީއްލުމަށް ކާއެއްޗެހި ފޯރުކޮށްދިނީ ލެސޫކް ރެސްޓޯރަންޓުންނެވެ. އުރީދޫން ބުނިގޮތުގައި ފުރަތަމަ ރޯދަވީއްލުމުގައި ވެސް 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

މީގެއިތުރުން އުރީދޫން ވަނީ މި އަހަރުގެ "ހަދިޔާ" ތީމްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދީފައެވެ. އެ ޕެކްތަކުގައި ހިމެނޭނީ ކާބޯތަކެތީގެ ޒަރޫރީ ތަކެއްޗެވެ.

އެ ހަރަކާތަކީ އުރީދޫން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ލިއުމާއި ގުޅޭ