Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް

އިދިކޮޅުގެ އިހްތިޖާޖު ރޯދަ މަހުވެސް ކުރިއަށް ގެންދަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރަމުންދާ އިހުތިޖާޖުތައް މި ރަމަޟާން މަހު ވެސް ކުރިއަށް ގެންދަން އެ ކޯލިޝަނުން ނިންމައިފިއެވެ.

އިދިކޮޅުގެ އިސް ހަރަކާތްތެރިއެއްކަމަށްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ ސުލްހަވެރި މަގުމަތީ ހަރަކާތްތައް ރޯދަ މަހުގެ ފުރަތަމަ ދުވަހަށް މެދުކަނޑާލުމަށް ފަހު ރޭ ފަށާފައިވާ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވިގޮތުގައި ކޮންމެ ރެޔަކު ވެސް ރޭގަނޑު 9:30 އިން 11:30 އަށް ޕީޕީއެމް އޮފީސް ކުރިމަތީ އިހުތިޖާޖު ފެށޭނެއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ. އެ ދުވަހުން ފެށިގެން އިދިކޮޅު ސަޕޯޓަރުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ރެޔަކު މާލޭގައި އިދިކޮޅުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.

މި ލިއުމާއި ގުޅޭ