އުރީދޫގެ މޫލީން ހޮރައިޒަން ފިޝަރީޒާ ގުޅިގެން މަސްދަޅު ޕެކްތަކެއް ތައާރަފް ކޮށްފިއެވެ.
އެގޮތުން މޫލީން ހަތަރު ވައްތަރެއްގެ މަސްދަޅު ޕެކް ވަނީ ތައާރަފްކޮށްފައެވެ. އެއީ 150ރ. ގެ ދެ ޕެކާއި 160ރ. ގެ ޕެކަކާއި 145ރ. ގެ ޕެކެކެވެ.
ފުރަތަމަ ޕެކް ނުވަތަ 150ރގެ އެއް ޕެކަކީ ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ތިން ދަޅާއި ހިކި މިރުހުގައި ކަނޑުމަސް ހަދާފައިވާ ދެ ދަޅާއި ކަނޑުމަސް ސަންފްލާވާ އޮއިލް އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ އެއް ދަޅާއި މަސްހުނި އެކްސްޓްރާ އޮއިލް އާއި މަސްހުނި ނޯމަލް އަދި މަސްހުނި ޒީރޯ ޗިލީ ދަޅު ހިމެނޭ ޕެކެކެވެ.
ދެ ވަނަ ޕެކަކީ 160ރ. އަށް ދޭ ޕެކްއެވެ. އެ ޕެކްގައި އޮލިވް އޮއިލްގައި ހަދާފައިވާ ކަޅު ބިލަ މަހާއި ސަންފްލާވާ އޮއިލް އަދި ސަންޑްރައިޑް ޓޮމާޓޯގައި ތައްޔާރު ކޮށްފައިވާ ކަނޑުމަހާއި ސަންފްލާވާ އޮއިލް ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަހާއި ސަންފްލާވާ އޮއިލް ލެމަން އަދި ތައިމްގައި ހަދައިފައިވާ ކަނޑުމަސް ދަޅާއި ލޮނުމެދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅު ހިމެނޭ ޕެކެކެވެ. ޕެކްގައި އެ އިން ކޮންމެ ވައްތަރެއްގެ ދެ ދަޅު ހިމެނެއެވެ.
ތިން ވަނަ ޕެކް ނުވަތަ 145ރ. އަށް ލިބޭ ޕެކްގައި ހިމެނެނީ މަސްހުނި އެކްސްޓްރާ ޗިލީ އާއި މަސްހުންޏާއި މަސްހުނި ޒީރޯ ޗިލީ އާއި ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅާއި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅެވެ. އެ އިން ކޮންމެ ދަޅެއްގެ ދެ ދަޅު އެ ޕެކްގައިވެސް ހިމެނެއެވެ.
އެންމެ ފަހު ޕެކް ނުވަތަ 150ރ އަށް ލިބޭ ދެވަނަ ޕެކްއަކީ ޕެކް އެކެއް، ދޭއް އަދި ތިނެއްގައި ހިމެނޭ ހުރިހާ ދަޅެއް ހިމެނޭ ޕެކެކެވެ. ކޮންމެ ވައްތަރަކުން ވެސް އެއް ދަޅު އެ ޕެކްގައި ހިމެނޭނެއެވެ.
އުރީދޫން ބުނީ އެ ހަދިޔާ ޕެކްތަކަށް މޫލީ މެދުވެރިކޮށް، އޯޑަރު ދިނުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެކަމަށެވެ.