Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

ލަންކާއަށް އެހީވާން އައިއެމްއެފުން ދިން ލޯނު ފުރަތަމަ ބޭނުންކުރަންޖެހުނީ އިންޑިއާ ދަރަނި އަދާކުރަން

އިޤުތިޞާދީ ހާލަތު ގޯސްވެ ބޭރު ޤައުމުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ ޤާބިލުކަން ނެތިވެ ބަނގުރޫޓުވެފައިވާކަން އިއުލާނުކޮށްފައިވާ ސްރީ ލަންކާއަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ދޭން ނިންމި ލޯނު އެހީގެ ފުރަތަމަ ބައިން ބޮޑު ބައެއް އިންޑިއާއިން ނަގާފައިވާ ލޯނު އަދާކުރުމަށް ޚަރަދުކޮށްފިއެވެ.

އައިއެމްއެފުން ލަންކާއަށް 3 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވަނީ އެ ޤައުމުން ޗައިނާއިން ނަގާފައިވާ ދަރަނި އަދާކުރުން ފަސްކޮށްދިނުމަށް ޗައިނާއިން ނިންމުމާއެކުއެވެ. ނަމަވެސް އިންޑިއާގެ ލޯނުތައް ދެއްކުން ފަސްކުރަން އެ ޤައުމުން ނިންމާފައިނުވެއެވެ.

ލަންކާގެ އިޤުތިޞާދު ހީނަރުވުމުގެ ސަބަބުން އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެ، ބޭރުގެ ލޯނުތައް އަދާނުކުރެވުމުގެ އިތުރުން، ބޭރުން އެ ޤައުމަށް އެތެރެކުރާ ޟަރޫރީ މުދާތައް ގަތުމަށް ދަތިވާ ހާލަތަށް ވެއްޓުމާ ގުޅިގެން އެ ހާލަތުން އެ ޤައުމު ސަލާމަތްކުރަން އައިއެމްއެފުން ދޭން ނިންމި ފައިސާގެ ތެރެއިން 333 މިލިއަން ޑޮލަރު އެ ޤައުމަށް ދޫކޮށްފައިވެއެވެ.

ހުކުރުދުވަހު ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ރަންޖިތު ސިޔަމްބަލަޕްޓިޔާ ވިދާޅުވީ އައިއެމްއެފުން އެ ޤައުމަށް ދިން 333 މިލިއަން ޑޮލަރުގެ ތެރެއިން 121 މިލިއަން ޑޮލަރު މިހާރު ބޭނުންކޮށްފައިވާ ކަމަށެވެ.

މި މަހުގެ 23 ވަނަ ދުވަހުގައި އެ ފައިސާ ލަންކާ ސަރުކާރުން ބޭނުންކުރީ އިންޑިއާއިން ނަގާފައިވާ ލައިން އޮފް ކްރެޑިޓެއް އަދާކުރުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ