Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

މުދާ ހަލާކުވަންދެން ބެހެއްޓުމަށްފަހު އުކާލުން އިސްރާފު ކުރުމަށްވުރެވެސް ނުބައި: ހުތުބާ

މުދާ ހަލާކުވަންދެން ބެހެއްޓުމަށްފަހު އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ވެސް ނުބައިކަންބޮޑު އަމަލެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

"އިސްރާފު ކުރުމަކީ ނިއުމަތްތަކަށް ކުފުރުވުމެވެ" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ވަނީ ވޭތުކުރަމުން މިދާ ރަމަޟާން މަހުގައި އިސްރާފު ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.
ބައެއް މުސްލިމުންގެ ތެރޭގައި ރަމަޟާން މަސް ވެފައިވަނީ ކާބޯތަކެތީން އިސްރާފުކުރުން ގިނަ މަހަކަށެވެ. އެއްވެސް މަހެއްގައި އިސްރާފު ކުރުމަކީ މާތް ﷲ ރުހިވަޑައިގެންވާ އަމަލެއް ނޫންކަމުގައި ވިޔަސް، މިއަދު އިންސާނުންނާ ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި އިސްރާފުކުރުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.
ހެޔޮ ގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި އޭގެ ހައްގު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީވެސް ހުތުބާގައި ބުނި ގޮތުގައި އިސްރާފު ކުރުމެވެ. އަދި ހަމަ އެފަދައިން ފޭރާމާއި، ހިފާ ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަ ކުރުމަކީވެސް އިސްރާފު ކުރުމެކެވެ.
"ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ މުދަލާއި ކާއެއްޗިހި އުކާނުލައި، އެތަކެތި ބޭނުންކުރުމަށް އިސްލާމްދީން ބާރު އަޅައެވެ. އަތަކެއްޗަކީ ﷲ ގެ ނިއުމަތެކެވެ. މި ތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތަށް ޝުކުރު ނުކުރުމެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
"ހަމައެފަދައިން މުދާ ހަލާކުވަންދެން ބަހައްޓައި، އެތަކެތި އުކާލުމަކީ އިސްރާފު ކުރުމަށްވުރެވެސް ނުބައި ކަމެކެވެ."
ހުތުބާގައި ބުނި ގޮތުގައި އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެކެވެ. އެއީ އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީ ގޮތުން ފަރުދުންނާއި މުޖްތަމައުއަށް ފޯރާނެ ކަމެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ. ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ އިސްރާފު ކުރުމެވެ. އެއީ އިސްލާމްދީނުގައި ހިމެނޭ ކަމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.
"ﷲ ދެއްވި ނިއުމަތްތަކުން އިސްރާފު ކުރުމަކީ އެކަލާނގެ ރުހިވޮޑިގެންވާ ކަމެއް ނޫނެވެ. ދެމިގެންދާ ކޯރަކުން ވުޟޫކުރާ އިރުވެސް ފެނުން އިސްރާފު ކުރުމަކީ އިސްލާމްދީނުގައި މަނާ ކަމެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ