Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔުގެންޑާ

އެއްޖިންސުން ގުޅުންހިންގުމާއި ދެކޮޅަށް ޔުގެންޑާއިން ވަރުގަދަ ގާނޫނެއް ފާސްކޮށްފި

އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ޔުގެންޑާއިން ވަރުގަދަ ޤާނޫނެއް ފާސްކޮށްފިއެވެ.

ޔުގެންޑާގައި މިހާރުވެސް އެއްޖިންސުން ގުޅުންހިންގުން މަނާ ނަމަވެސް، އަލަށް މި ފާސްކުރި ޤާނޫނުގައި ބުނާގޮތުން އެއްޖިންސުން ގުޅުން ހިންގާ މީހެއްގޮތަށް އަމިއްލައަށް އިއުލާންކޮށްގެން އުޅުމަކީ ވެސް ޤާނޫނީ ކުށެކެވެ. އަދި އެފަދަ ކަންކަން ޕްރޮމޯޓު ކުރުމާއި، އެއްޖިންސުން ގުޅުން ހިންގަން އުޅުމަކީވެސް އެ ޤާނޫނުގެ ދަށުން ކުށެކެވެ.

އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން އެ ބިލާއި ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ މެމްބަރެކެވެ. އެ ޤާނޫނަށް ވޯޓު ދިން މެމްބަރުން ވަނީ އެ ޤައުމުގައި އެއް ޖިންސުން ގުޅުން ހިންގުން ފެތުރުން ހުއްޓުވަން އެފަދަ ޤާނޫނެއް މުހިންމު ކަމަށެވެ.

އެ ޤާނޫނުގެ ދަށުން އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވެއެވެ. މިގޮތުން މަރުގެ އަދަބާއި، އުމުރު ދުވަހުގެ ޖަލު ހުކުމް ހިމެނެއެވެ.

މި ޤާނޫނާއި ގުޅިގެން ހުޅަނގުގެ ބައެއް ޤައުމުތަކުން ދަނީ ޔުގެންޑާއަށް ފާޑުކިޔަމުންނެވެ. އަދި އެ ޤައުމަށް ދޭ އެހީތައް ހުއްޓާލާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މި ލިއުމާއި ގުޅޭ