Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިލޭ އެހީ

ހިލޭ އެހީގެ ގޮތުގައި އަދި ލިބުނީ އަންދާޒާކުރި އަދަދުގެ 0.6 އިންސައްތަ

އަހަރުގެ ތިން ވަނަ މަސް ނިމެން ކައިރިވެފައިވާއިރު، މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި މިންވަރުގެ އެއް އިންސައްތަވެސް އަދި ނުލިބޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރު ފެށިގެން، މި މަހުގެ 16 ގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 16 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރުވެސް ވަރަށް މަދު އަދަދެކެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 150 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރަށް ސަރުކާރުން އެކުލަވާލި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިހާތަނަށް ލިބުނު 16 މިލިއަނަކީ އެ އަދަދުގެ 0.6 އިންސައްތަ އެވެ.

ފާއިތުވި އަހަރުތަކުގައިވެސް އަންދާޒާކުރި ވަރަށް ހިލޭ އެހީ ނުލިބޭއިރު، މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ޖެހުމުން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވެސް ވަނީ އެ އަދަދު ލިބިދާނެކަމާ މެދު ސުވާލު އުފައްދާފަ އެވެ.

މިދިޔަ އަހަރުވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި އަދަދުގެ 10 އިންސައްތަ ވެސް ނުލިބެ އެވެ. އެމްއެމްއޭއިން ބުނީ ހިލޭ އެހީގެ ގޮތުގައި 2.4 ލިބޭނެ ކަމަށް ސަރުކާރުން ބަޖެޓުކުރި ނަމަވެސް 2020 ވަނަ އަހަރު ނުހިމަނާ ފާއިތުވި ހަ އަހަރުގެ ޓްރެންޑުތަކަށް ބަލާއިރު ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ބެލެވެނީ 1.7 ބިލިއަން ރުފިޔާ ކަމަށެވެ.

އެކަމަކު ސަރުކާރުން ވަނީ އަންދާޒާކުރި އަދަދަށް އެހީ ލިބޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިލޭ އެހީ ހޯދުމުގެ ނަމުގައި އެކި ގައުމުތަކަށް ދަތުރުކުރައްވަ އެވެ. މިއަހަރުގެ މިހާތަނަށް ދަތުރުތަކަށް 41 މިލިއަން ވަނީ ހަރަދުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ