Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ރޯދައިގެ ދަރުމަ ހޯދަން ގަދައަޅާ މަސައްކަތް ކުރުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

ބަރަކާތްތެރި ރަމަޟާން މަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިލްތިމާސް ކުރައްވައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ޕާޓީގެ ރައީސް، ޔާމީންގެ ދެކަނބަލުންގެ ނަންފުޅުގައި ދިވެހި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ފޮނުއްވާފަ އެވެ.
މި މަތިވެރި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިތްޕެވުމަށާއި، ހެޔޮ ދަރުމައާއި ޘަވާބަށް އެދިގެން އެންމެހާ ރައްޔިތުންގެ އަމަލުތައް ސީދާ ކުރައްވައި، މި މައްސަރުގެ ހެޔޮ ރަހުމަތް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވުމަށް އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ބަރަކާތްތެރި ރަމަޟާން މަހު އާއިލާއާއި ރައްޔިތުންނާ ވަކިން އެކަހެރިކޮށް ހުންނަވަން ޖެހުމުގެ ހިތްދަތިކަން އެމަނިކުފާނަށް އިހްސާސްކުރެއްވުނު ނަމަވެސް އެމަނިކުފާނުގެ އަޒުމަކަށްވެސް އަދި ހިތްވަރަކަށްވެސް ބަދަލެއް ނާންނާނެ ކަމަށާއި ހުންނެވީ ސާބިތުކަމާއެކު ވަރުގަދަކޮށް ކަމުގައި ވިދާޅުވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"ރަމަޟާން މަހުގެ ދަރުމައާއި ޘަވާބަށް އެދި ގަދައަޅައި މަސައްކަތް ކުރައްވާއިރު، ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަށާއި ވެއްޓިފައި މިވާ އަޑިގަނޑުން އަރައިގަތުމަށް ދިވެހި ރައްޔިތުން ކަނޑަނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ހިތްވަރު ދެއްވައި އެ މަސައްކަތްޕުޅު ހުއްޓަވާނުލައްވައި ކުރިއަށް ގެންގޮސްދެއްވުން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ހިތްވަރުކަމުގައިވެސް ވަނީ ވިދާޅުވެފަ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ދިިވެހި ގައުމު ސަލާމަތްކޮށްދެއްވައި ގައުމު އަލުން އަނބުރާ ހޯދުމަށް ދިވެހިން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބު މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާފައިވެ އެވެ. އަދި މި މައްސަރަކީ ހުރިހާ ގޮތަކުންވެސް މި ގައުމާއި ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި އަޅުކަމުގައި ޝާމިލުވެ އުޅުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާފައިވާ މައްސަރެއްކަމުގައި ލައްވައި މި މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު އެންމެހާ ދިވެހި ރައްޔިތުންނަށް މިންވަރު ކުރެއްވުމަށް އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވާފަ އެވެ.
މި ލިއުމާއި ގުޅޭ