Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުމްހޫރީ ޕާޓީ

ރައީސް އިބްރާހިމަށް ޖަވާބު ދޭނީ ޖަހަން ޖެހޭ ހިސާބު ޖެހުމަށް ފަހު: ޖޭޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއި މެދު ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ޖަވާބެއް ދޭނީ ޖަހަން ޖެހޭ ހިސާބެއް ޖެހުމަށް ފަހުގައިކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް އިބްރާހިމް ވަނީ ޖޭޕީން އެމަނިކުފާނާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައެވެ.

ރައީސް އިބްރާހިމް ކޯލިޝަނަކަށް ދައުވަތު ދެއްވާފައި ވަނިކޮށް، ޖޭޕީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަ ކުރަން ނިންމައިފައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހެދި ކޮމިޓީ އާއި ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގ ދިރުން ފެކްޝަނާ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމަށް ފަހު އަމީން ވިދާޅުވީ ޖަހަން ޖެހޭ ހިސާބު ޖަހާލެވުނުހާ އަވަހަކަށް ރައީސް އިބްރާހީމަށް ޖަވާބެއް އަރުއްވާނެ ކަމަށެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވެފައި ވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިންނެވެ. ޖުމްހޫރީން ޕާޓީންވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއިން ވެސް އަދި ވަކި ގޮތެއް ނުނިންމައެވެ.

މި ލިއުމާއި ގުޅޭ