Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް ނޭރުމަކީ އެމްޑީޕީއަށް އޮތް ބޮޑު ގޮންޖެހުމެއް: އަސްލަމް

އެތެރޭގެ އިންތިހާބު ތަކުގައި މޮޅުވާ ކެނޑިޑޭޓުގެ ފަހަތަށް ބަލިވާ ކެނޑިޑޭޓް ނޭރުމަކީ ވެރިކަން ކުރާ އެމްޑީޕީއަށް އަބަދުވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މެންބަރު އަސްލަމް މިފަދައިން ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ގުޅީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ބޭއްވި 17 ވަނަ ރައްޔިތުންގެ މަޖިލިހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ނުލިބުނީ މޮޅުވި ކެންޑިޑޭޓުންގެ ފަހަތަށް ނާކާމިޔާބުވި ކެންޑިޑޭޓުން ނޭރުމުން ކަމަށެވެ.

އެހެންކަމުން ގުރައިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ޝާޒާ ވާދަކުރެއްވި ސަލްމާން ރަޝީދު ބަލި ގަބޫލު ކުރައްވައި ޝާޒްގެ ފަހަތަށް އެރި އެރުން ފާހަގަކުރައްވާ އަސްލަމް ވަނީ އޭނާއަށް ތައުރީފު ކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ ސަލްމާން އެ ދެއްކެވީ ވަރަށް ރަނގަޅު ނަމޫނާއެއް ކަމަށާއި ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އަދި ވޭތުވެދިޔަ އިންތިހާބުތަކުގައި ވެސް ބަލިވި ކެންޑިޑޭޓުން މޮޅުވި ކެންޑިޑޭޓުގެ ފަހަތަށް އަރާވަޑައިގަރުމަށް ދަންނަވާކަމަށެވެ.

އަސްލަމް ވަނީ ހާއްސަކޮށް ރައީސް ނަޝީދަށް ނިސްބަތް ކުރައްވާ ރައީސް އިބްރާހިމްގެ ފަހަތްފުޅަށް އަރާވަޑައިގަތުމަށް އެދިލައްވާފައެވެ.

މި ލިއުމާއި ގުޅޭ