Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަމަޟާން މަސް

ފަހު ރަމަޟާން: ދުރުގައިވިޔަސް އެހައިމެ ގާތުގައި

ރަމަޟާނަކަށް ފަހު ރަމަޟާނެއް އައީއެވެ. މިއީ ތިބާއާއި އަޅުގަނޑާ ބައްދަލުކުރާނެ ފަހު ރަމަޟާނަށް ވެދާނެއެވެ. ރަމަޟާނުގެ ދުވަހެއް ނިމި އަނެއް ދުވަސް ފެށިއްޖެ ހިނދު، އިތުރު ރަމަޟާނެއް ނުފެނިދާނެކަން ހަނދާންކުރަންޖެހޭނެވެ. މިމަހުން ނިމިދާ ކޮންމެ ދުވަހަކީ ތިބާއާއި އަޅުގަނޑުގެ ފަހު ރަމަޟާނުގެ އަލްވަދާއު ގާތްކޮށްދޭ ދުވަހެކެވެ.

ފަހު ރަމަޟާނޭ ހެއްޔެވެ؟ އާއެކެވެ. ފަހު ރަމަޟާނެވެ. ކޮންމެ ރަމަޟާނެއްވެސް ބައްދަލުވަނީ ފަހު ރަމަޟާނަށްވުމުގެ އިހުތިމާލާއެކުއެވެ. އެކަން ހަނދާނުގައި ނުހުންނަނީ އަޅުގަނޑުމެންގެ ވިސްނުމުގެ ނިކަމެތިކަމާއި، ނަފުސުތަކުގެ ޟަޢީފުކަމުގެ ސަބަބުން ދީނީ ހޭވެރިކަން ކުޑަކަމުންނެވެ.

ސަލާމާއި ޞަލަވާތްލެއްވުނު ކައުއިތުރު ނަބިއްޔާ، މަރުގެ މަތިން ހަނދާން އައުކުރަން ވަސިއްޔަތްކުރެއްވީ އެހެންވެއެވެ. އެކަލޭގެފާނުގެ ހަދީސް ބަސްފުޅެއްގައި އަންގަވަނީ ލައްޒަތްތައް ނިމުމަކަށް ގެނުވާ ކަންތައް މަތިން ހަނދާންކުރުމަށެވެ. ލައްޒަތްތައް ނިމުމަކަށް ގެނުވަނީ މަރެވެ. މަރުގެ މަތިން ހަނދާންކުރުމަށް ވަކި ކަމެއް ކުރަން ނާންގަވައެވެ. މަރު ހަނދާންކުރަން ކިޔާނެ ޒިކުރެއް ދުއާއެއް ބަޔާންނުކުރައްވައެވެ.

އެކި މީހުންނަށް މަރު ހަދާންވަނީ އެކި މިންވަރަށް އެކި ގޮތަށެވެ. ބައެއް މީހުންނަށް އެހެން މީހެއްގެ މަރުގެ ޚަބަރުވަނީ މަރުގެ ހަދާން އައުކުރުވާ ކަމަށެވެ. ޖަނާޒާއެއްގައި ބައިވެރިވެވުން، ބަލިމީހުންނަށް ޒިޔާރަތްކުރުމާއި ވައުޒާއި ނަސޭހަތް އިވުމަކީވެސް މަރު ހަދާންކުރުވާ ކަންކަމެވެ. ނަމަވެސް މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރު މަރު ހަދާންކުރައްވާ ގޮތް ބަޔާންކޮށްދެއްވަމުން ވިދާޅުވެފައިވަނީ، ތިބާއަށް ހަވީރުވެއްޖެނަމަ ހެނދުނުވުމަށް އިންތިޒާރުނުކުރާށެވެ. އަދި ހެނދުނުވެއްޖެނަމަ ހަވީރުވުމަށް އިންތިޒާރު ނުކުރުމަށެވެ.

އިބްނު ޢުމަރުގެ މި ބަސްފުޅަކީ "ދުނިޔޭގައި ބީރައްޓެއްސެއް ފަދައިން ނުވަތަ ދަތުރުވަރިއެއްގައި އުޅޭ މީހަކު ފަދައިންވުމަށް" މާތް ނަބިއްޔާ ދެއްވި ނަބަވީ އިރުޝާދާ ގުޅިގެން އެކަލޭގެފާނު ދެއްވި އިތުރު ބަޔާނެކެވެ. ތަފުސީލެކެވެ.

އިންސާނާއަކީ އޭނާގެ އުމުރު ދިގުކުރެއްވުމަށް ލޯބިކުރާ މަޚުލޫޤެކެވެ. ޙަދީސް ބަސްފުޅެއްގައިވަނީ ދުވަސްވީ މީހާ މުސްކުޅިވެ ގައިބާރު ދެރަވާއިރުވެސް އޭނަގެ ހިތްވަނީ ދެކަމަކަށް ލޯބިކޮށް އެދުންވެރިވުމުގައި ޒުވާންކަންމަތީގައި ކަމަށެވެ. އެއީ ދިގު އުމަރަކާއި ފައިސާ ކަމަށެވެ.

ނަމަވެސް އަބަދުވެސް މަރު އޮންނަނީ ފަސްބައިގައި ޖެހިލަޖިލަކަން ހަނދާންނެތުނަދީގެން ނުވާނެއެވެ. ނިސާއު ސޫރަތުގެ 78 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައަށް ވިސްނާށެވެ. "އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ." މަރަކަށް ނުފިލޭނެއެވެ. މަރަށް ހުރަސްއެޅޭނެ ދަހަނާއެއް، ނިވަލެއް ނެތެވެ.

ނަމަވެސް އަހަރުމެން އިންސާނުން އެންމެ ފަސޭހައިން ހަނދާންނައްތައިލާ އެއްކަމީ މަރެވެ. ޢަރަބި ޅެންވެރިޔާ އަބުލްޢަތާހިޔާ ބުނެފައިވަނީ ހާދަހައިވާ ބޮޑު ހަގީގަތެކެވެ. "އަހަރެން ހަނދާން ނެތުނު ކަންތައްތަކުގެ ތެރޭގައި މަރުވެސް ހަނދާންނެތި ހިނގައްޖެއެވެ. އަހަންނަށް މީހަކު ދުވަކު މަރުވިތަން ނުފެންނަ ފަދައެވެ." އަހަރުމެން ދުނިޔޭގެ ހޭލަމޭލައަށް ގެއްލި، ދިރިއުޅުމުގެ ފުރޮޅުންތަކުގައި ޣަރަޤުވެ ގެނބޭއިރު ހަނދާން ނުހުންނަނީ މި ދުނިޔެއަށް އަލްވަދާއުކިޔަންޖެހޭނެކަމާއި، މަރު އައިސް މި ދިރިއުޅުން ނިމުމަކަށް ގެނުވާނެ ކަމެވެ.

އިންސާނާގެ ޙާލަތު ވަރަށް ފުރިހަމަކޮށް ސިފަކުރައްވަމުން ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާގެ މަތިވެރި ޞަޙާބީ އަބުއްދަރުދާއު ވިދާޅުވިއެވެ. "މަރު އޭނާގެ ފަހަތުން އަންނައިރު ދުނިޔެ އަދައިގެން އުޅޭމީހާއާހުރެ އަހުރެން ގާތަށް ހިނިއާދެއެވެ. އޭނާއަކީ ޣާފިލުވެފައިވާ މީހަކަށްވީ ނަމަވެސް މަރު އޭނާއާމެދު ޣާފިލެއް ނުވެއެވެ. އޭނާއަށް ދުނިޔެއިން ލިބޭ ކަންކަމާމެދު އުފަލުން ގަދައަށް ހީއުޅޭއިރު ﷲވަނީ އޭނާއާމެދު ރުހިވޮޑިގެންކަމެއް ކޯފާވެވޮޑިގެންކަމެއް އޭނާއަކަށް ނޭނގެއެވެ.

މީހެއްގެ ޖަނާޒާ އުފުލޭތަން ފެނިވަޑައިގެންފިނަމަ މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވެއެވެ. "ދާށެވެ. ތިބާގެ ފަހަތުން އަހަރުމެންވެސް އެބަ އަންނަމެވެ." އަހަރުމެންގެ ތެރެއިން ބައެއް މީހުން ޖަނާޒާތައް ފަހަތުން ހިނގާއިރު ބޮލުގައި އެނބުރެނީ ދުނިޔެވީ އުފާތަކާއި ލައްޒަތްތަކުގެ ޚިޔާލެވެ. ނަމަވެސް އަބޫހުރައިރަތުގެފާނުގެ ވިސްނުންފުޅުގައި އެވަނީ މަރެވެ. އޭގެ ހަގީގަތެވެ. މިއަދު މަރު އެގެންދިޔައީ ޖަނާޒާގެ ވެރިޔާއެވެ. މާދަމާ ގެންދާނީ ޖަނާޒާ އުފުލައި އެއާއެކު ހިނގާ މީހުންގެ ތެރެއިން ބަޔެކެވެ.

މަރު ހަނދާންކުރުމުގެ ވާހަކަ ބަޔާންކުރަނީ ކީއްވެހެއްޔެވެ؟ ހަނދާންކޮށް، ހަނދުމަކޮށްދިނުމަށެވެ. މިއީ އަޅުގަނޑުމެންނާ ބައްދަލުކުރާނެ ފަހު ރަމަޟާން މަހަށްވެދާނެކަމެވެ. ދެން އިތުރު ރަމަޟާނެއް ނުފެނިދާނެކަމުގެ ހަނދާން އައުކޮށްދިނުމަށެވެ. ނިމުނު ރަމަޟާން މަހު އަޅުގަނޑުމެންނާއެކުވީ އެކުވެރިން، އާއިލާ މީހުން، އަވައްޓެރިން، ދެކެފަރިތަ އެތައް ބައެއް މި ރަމަޟާން އައިއިރު ނެތެއް ނޫން ހެއްޔެވެ؟

ކޮންމެ ރަމަޟާނަކާވެސް ބައްދަލުކުރަންވީ އެއީ ފަހު ރަމަޟާން މަސްކަމަށް ވިސްނައިގެންނެވެ. އެ ރަމަޟާންމަހުގައި އެކުލަވާ އަގުހުރި ދަރުމައާއި ގިނަގުނަ އުޚުރަވީ ފައިދާތައް ލިބިގަތުމުގެ އިތުރު ފުރުސަތެއް މިންވަރުނުކުރައްވަފާނެކަމަށް ދެކިގެންނެވެ. އެއިރުން މި މައްސަރުގެ ފަހުކޮޅަށް އެޅުމުން އަންނަ ލޮނޑުކަމާއި ބުރަހެލިކަން ކުޑަވާނެއެވެ. ކަންނެތްކަމުން ބީވެގެންދާ އަގުހުރި ފުރުސަތުތަކާމެދު ހޭވެރިވާނެއެވެ.

މި ލިއުމާއި ގުޅޭ