Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެވެށި އަނިޔާ

އަންހެނަކަށް މަގުމަތީ އަނިޔާކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ގދ.މަޑަވެލީގެ މަގެއްގައި އަންހެނަކަށް އަނިޔާކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަނަށް ކޯޓުން އަމުރުކޮށްފިއެވެ.

މި ހަފުތާ ތެރޭގައި މަޑެވެލީގައި އަންހެނަކު މަގު މައްޗަށް ނެރެ ބިންމަތީގައި ދަމާކޫއްތައި އަނިޔާކުރި މައްސަލާގައި ހައްޔަރުކުރީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އޭނާ އަނިޔާކުރި އަންހެންމީހާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވެއެވެ.

އަންހެން މީހާ ބިންމަތީގައި ދަމާފައި ނެރެ އޭނާގެ މޫނު މަތީގައި ބާރުބާރަށް އެ ފިރިހެންމީހާ ތަޅައި އަނިޔާކުރިއިރު ކައިރީގައި ގިނައިން ތިބީ އަންހެނުންނެވެ. ދުރުގައި ހުރި ފިރިހެނަކު އައި އެ ފިރިހެންމީހާ ހަންމަތަކޮށް އަނިޔާކުރުން ހުއްޓުވިއެވެ.

މި މައްސަލާގައި އަނިޔާ ލިބުނު އަންހެންމީހާ ރޭ މަޑަވެލިން ތިނަދޫއަށް ގެންދިޔައިރު އޭނާއަށް އަނިޔާކުރި ފިރިހެންމީހާދެކެ ލޯބިވާކަމަށާއި އަނބުރާ އެ ރަށަށް އަންނާނެ ކަމަށާއި، އެ ދެ މީހުން ލޯބިން ގުޅިގެން އުޅޭތާ 14 އަހަރުވެފައިވާކަމަށްވެސް އެ އަންހެންމީހާ ބުނެފައިވެއެވެ.

މި މައްސަލާގައި ގިނަ ބަޔަކު ނުރުހުމާއި ކަންބޮޑުވުން ފާޅުކުރާއިރު، އެޗްއާރުސީއެމުންވަނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ދައުރުނުކުރުމަށް ގޮވާލާފައިވެއެވެ.

މި ލިއުމާއި ގުޅޭ