Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޒާހަރާ

މުޒާހަރާއިން ހައްޔަކުރި ޒުވާނެއްގެ ކުރިމަތީ ފަރާތުގައި ފުލުހުން ތަކުރާރުކޮށް ހިފިކަމުގެ ތުހުމަތު

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި ޒުވާނެއްގެ ކުރިމަތީ ފަރާތުގައި ތަކުރާރުކޮށް ހިފައި އޭނާއަށް ޖިންސީ އަނިޔާކުރާކަމަށް ތުހުމަތުކޮށްފިއެވެ.

ނާއިލު ނަމަކަށް ކިޔާ މި ޒުވާނާ ދީފައިވާ ވީޑިއޯ އިންޓަވިއުއެއް ޕީއެންސީގެ ނައިބުރައީސް އަދި ހުޅުމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލަރު އިބްރާހީމް ޝުޖާވަނީ ޓުވިޓާގައި ހިއްސާކުރައްވާފައެވެ. އެ ވީޑިއޯގައި އެ ޒުވާނާ ބުނެފައިވަނީ އޭނާ ފުލުހުންގެ ވެހިކަލަށް އަރުވައި ގުޅަވަރަކަށް ޖަހާ ކަމަށެވެ.

އެއަށްފަހު އޭނާގެ ކުރިމަތީ ފަރާތުގައި ހިފައި، ދެން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދާ ރެއްގައި އޭނާގެ ކުރިމަތި ފަރާތަށް އެއަށްވުރެ ބޮޑަށް އަނިޔާކުރާނެކަމުގެ އިންޒާރު ފުލުހުން ދިންކަމަށް އެ ވީޑިއޯގައި އޭނާ ބުނެއެވެ.

"ނާއިލް ގުޅަވަރަކަށް ޖަހާފައި ނާއިލުގެ ތޫތުކޮޅުގައި ހިފާފައި ބުނާ އެއްޗަކީ ދެން ހިފަހައްޓާ ރެއަކު އެއަށްވުރެ ބޮޑަށް އަނިޔާކުރާނަމޭ ތޫތުކޮޅަށް،" އެ ޒުވާނާ ބުންޏެވެ. އަދި އޭނާ ބަންދުކުރުމަށްފަހު އޭނާގެ ބަންދު މުއްދަތު އިތުރުކުރަން ކޯޓަށްވެސް ގެންދިޔައީ ޖިންސީ އަނިޔާކުރާ ވާހަކަ ބަންދުން ވީއްލުމުން ދައްކާތީކަމަށްވެސް އެ ޒުވާނާ ތުހުމަތުކުރިއެވެ.

ޝުޖާ އެ ވީޑިއޯ ހިއްސާކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕީޕީއެމް ފަރާތުން ފުލުހުންނާ ބާއްވާ ބައްދަލުވުންތަކުގައި ތަކުރާރުކޮށް އިދިކޮޅުގެ ހަރަކާތްތަކާ ގުޅިގެން ނިކުމެ ހަރަކާތްތެރިވާ ފުލުހުން ބޮޑީ ކެމެރާއާއި ނަން ޓެގު ނުލައި މަސައްކަތްކުރާކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެފަދައިން ނަން ޓެގާއި ބޮޑީ ކެމެރާ ނެތި ފުލުހުން މުޒާހަރާތަކުގައި ހަރަކާތްތެރިވުމަކީ އުސޫލުތަކާ ޚިލާފުކަމެއްކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ ނާއިލުގެ ކުރިމަތީ ފަރާތުގައި ހިފައި އަނިޔާކުރިކަމަށް ނާއިލު ބުނާކަމަށެވެ. އަދި ހައްޔަރުކުރާ ކޮންމެ ފަހަރަކު ޖިންސީ ގޯނާކުރުމަށް އޭނާ ބުނާ ކަމަށެވެ.

ނާއިލަށް ޖިންސީ އަނިޔާކުރާކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އަމަލު ހިންގި ފުލުހުން ދެނެގަނެ ފިޔަވަޅުއެޅުމަށްވެސް ޝުޖާ ގޮވައިލެއްވިއެވެ.

މި ލިއުމާއި ގުޅޭ