Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު އުޝާމް

މާރިޔާއަށް ގާނޫނޫގައި އޮތް އެއްޗެއް ނޭނގުން މާ ލަދުވެތި: އުޝާމް

ޑިފެންސް މިނިސްޓަރުގެ ޒިންމާތައް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އޮތް އިރު، އެ ޒިންމާތައް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް އެނގިވަޑައި ނުގަތުމަކީ ލަދުވެތިކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި މިނިސްޓަރު މާރިޔާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެކަމަނާ ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.
ހޯދަމަދުވަހުގެ ރޭގައި ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށްފަހު ރައީސް އިބްރާހީމް މާލެއަށް ވަޑައިގެން، މުލިއާގެއަށް ވަޑައިގެންނެވި މަގުމަތީގައި އެމަނިކުފާނުގެ މޮޓޯކޭޑުވަނީ، ސިލްސިލާކޮށް އިދިކޮޅުން ކޮންމެ ރެއަކު މާލޭގައި ބާއްވަމުންދިޔަ މުޒާހަރާގެ ތެރެއަށް ވަދެފަ އެވެ. އަދި މޮޓޯކޭޑު މުޒާހަރާގެ ތެރޭގައި 15 ވަރަކަށް މިނިޓު ތާށިވި އެވެ. މުޒާހަރާގެ ބައިވެރިން ދުރަށް ނުދިއުމުން މޮޓޯކޭޑު އަނބުރާލައި އެހެން މަގަކުން ދާންޖެހުނެވެ.
ރައީސްގެ ސެކިއުރިޓީ ބްރީޗްވުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެއްވައި މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއް ގޯސްކޮށް ހިނގައިގެން އެއްވެސް މީހަކު ހެލްތު މިނިސްޓަރަށް ފާޑުނުކިޔާ ކަމަށެވެ. އަދި ފުލުހުންނަށް ކަމެއް ގޯސްކޮށްކުރެވުނަސް ހޯމް މިނިސްޓަރުގެ އިސްތަށިފުޅުގައި އެކަމުގެ އިލްޒާމު ނާޅުވާ ކަމަށެވެ.
އެކަމަކު އޮޕަރޭޝަނަލް ފެންވަރެއްގައި ނުވަތަ ޓެކްޓިކަލް ފެންވަރުގައި ގޯސްކޮށް ކަމެއް އެމްއެންޑީއެފުގައި ހިނގައިފިނަމަ، އެކަމުގެ ޒިންމާ އެކަމަނާގެ ބޮލުގައި އަޅުވަނީ އަންހެނަކަށްވީމަ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިޖީއެމްއެޗްގައި ޑޮކްޓަރުން އޮޕަރޭޝަން ކުރަނީ މިނިސްޓަރު އަންގާ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް ސިފައިންގެ ގާނޫނުގައި ޑިފެންސް މިނިސްޓަރުގެ ބާރުތަކާއި ޒިންމާތައް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށާއި، މިނިސްޓަރަށް ގާނޫނުގަ އޮތް އެއްޗެއް ނޭންގުމަކީ އަދި މާ ލަދުވެތިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުގައި ބުނާގޮތުން ސިފައިންގެ އެންމެ މަތީ ވެރިޔާ އެހެން ގޮތަކަށް ކަނޑައަޅައި އާންމު ނުކުރާހާ ހިނދަކު ސިފައިންނާ ބެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގާ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ. ސިފައިންގެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ބައިތަކާއި އެބައިތަކުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކަނޑައަޅާނީ ވެސް މިނިސްޓަރެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާގެ އަމުރާ ހިލާފުނުވާ ގޮތެއްގެ މަތިން ކޮންމެ ހިނދެއްގައިވެސް ވަކިވަކި ސިފައިންނަށް ނުވަތަ ސިފައިންގެ ބަޔަކަށް ނުވަތަ އެންމެހާ ސިފައިންނަށް ސީދާ އަމުރުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެ އެވެ. ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާ ގޮތާ މެދުގައި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު، ސިފައިންގެ އެންމެ މަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.
ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލަ މިހާރު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް ބަލަން ފަށާފައިވާއިރު، އެ މައްސަލައިގައި ޕްރެޒިޑެންޝަލް ގާޑުގެ ކޮމާންޑަރު އިއްޔެ ވަނީ ސަސްޕެންޑުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ