Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

އިސްރާއީލުގެ ތަލްއަވީވުން އެއާ ސީޝެލްސްގެ ފުލައިޓެއް ރާއްޖެއަށް އަތުވެއްޖެ

އިސްރާއީލުގެ ވެރިރަށް ތަލްއަވީވުން ދިވެހިރާއްޖެއަށް އެއާ ސީޝެލްސްގެ ފުލައިޓެއް މިއަދުގެ ވަގުތެއްގައި އައިސްފިއެވެ.

ފުލައިޓް ރާޑާއިން ދައްކާ ގޮތުގައި ތަލްއަވީވުން ރާއްޖެއަށް އައިސްފައިވަނީ އެއާސީޝެލްސްގެ އެޗްއެމް321 ނަންބަރު ފުލައިޓެވެ. މި ފުލައިޓު ރާއްޖެއަށް އައީ ތަލްއަވީވުން އަބޫދާބީއަށް ދަތުރުކުރުމަށްފަހު އެ ޤައުމުގައި މަޑުކޮށް ޓްރާންސިޓުކުރުމަށްފަހުއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފުލައިޓުތަކުގެ މައުލޫމާތު ލިބޭ ވެބްސައިޓުގައި މި ފުލައިޓާ ބެހޭ އެއްވެސް މައުލޫމާތެއް ފެންނަން ނެތެވެ. އެއާޕޯޓުގެ އެޕުގައި ވާގޮތުން ރާއްޖެއަށް އައީ އެއާ ސީޝެލްސްގެ އެޗްއެމް9325 ފުލައިޓެވެ. ފުލައިޓް ރާޑާ ވެބްސައިޓުން ދައްކާ ގޮތުގައި އެޗްއެމް 9325 ފުލައިޓަކީވެސް ތަލްއަވީވުން އަބޫދާބީއަށް ދަތުރުކޮށް ޓްރާންސިޓްކުރި ފުލައިޓެކެވެ.

އެއާ ސީޝެލްސްއިން ތަލްއަވީވުން ދަތުރުކުރި ނަމަވެސް އެ ކުންފުނީގެ ވެބްސައިޓުން ފެންނަ ގޮތުގައި ރާއްޖެއަކީ ތަލްއަވީވުން ދަތުރުކުރާ މަންޒިލެއް ނޫނެވެ. އެހެންކަމުން އެ ކުންފުނީގެ ޝެޑިއުލް ފުލައިޓުތަކެއް ތަލްއަވީވުން ރާއްޖެއަށް ދަތުރުނުކުރެއެވެ.

ބެލެވޭ ގޮތުގައި މި ފުލައިޓަކީ ޗާޓާޑް ފުލައިޓެކެވެ. އެއީ އެ ފުލައިޓުގެ ގްރައުންޑް ހޭންޑްލިން މަސައްކަތްކުރީ އަމިއްލަ ކުންފުންޏަކުންކަމަށްވާތީއެވެ. އަދި އެއާ ސީޝެލްސްގެ ވެބްސައިޓުގައިވާ ގޮތުން އެ ކުންފުނިން ޝެޑިއުލްޑު ދަތުރު ތަލްއަވީވާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މެދުގައި ނުކުރާތީއެވެ.

ނަމަވެސް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފުލައިޓަކީ ވަރަށް ގިނައިން ދަތުރުކުރާ ފުލައިޓެކެވެ. އަދި އެ ފުލައިޓަކީ މުޅިންވެސް ތަލްއަވީވުން އަބޫދާބީއަށް ދަތުރުކުރުމަށްފަހު މާލެއަށް އެ މަގުން އަންނަ ފުލައިޓެކެވެ. އެއާޕޯޓު އެޕުން މުޅިންވެސް ފެންނަނީ އެ ފުލައިޓު އަންނަނީ އަބޫދާބީންކަމަށެވެ. އަބޫދާބީގެ ކުރިން އެ ފުލައިޓުގެ އަސްލު ދަތުރު ފަށާ މަންޒިލު އެޕުން ނުފެނެއެވެ.

މީގެ ކުރިންވެސް އިސްރާއީލާ ރާއްޖެއާ ދެމެދު ދަތުރުތައް ފަށަން އުޅޭކަމަށް އިސްރާއީލުގެ ބައެއް ނޫސްތަކާއި މީޑިއާއިން ރިޕޯޓުކުރެއެވެ. އެހުރިހާ ޚަބަރެއް ސަރުކާރުން އަބަދުވެސް ދޮގުކުރެއެވެ.

މި ލިއުމާއި ގުޅޭ