Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަމަޟާން މަސް

މަރސީގެ "ހަދިޔާވަށި" ޕްރޮގްރާމުގެ ދަށުން އެހީތެރިވުމުގެ ފުރުޞަތު މި ރަމަޟާން މަހުވެސް!

ރަމަޟާން މަސްތަކުގައި ދަރުމަވެރި ޖަމުއިއްޔާ މާރސީގެ އެންމެ މަޤުބޫލު އެއް ޕްރޮގްރާމްކަމުގައިވާ 'ހަދިޔާވަށި' ޕްރޮގްރާމްގެ ދަށުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފާއިތުވި 4 އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުގައިވެސް މަރސީއިން ހަދިޔާ ވަށި ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގެ ފުރުޞަތު އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.

ހަދިޔާވަށި ޕްރޮގްރާމަކީ، މާތްވެގެންވާ ރަމަޟާން މަހުގައި، ދިވެހި ކުޑަ މުޖުތަމަޢުގައި ދަތި ހާލުގައި ދިރިއުޅޭ ފަރާތްތަކާއި، ކިރިޔާވެސް ފުދިގެން އުޅޭ ފަރާތްތަކަށް ޞަދަޤާތްކުރެވޭނެ މަގެއް ހުޅުވައި، މުޖުތަމައުން އެއްވެސް ބަޔަކު ބާކީ ނުކޮށް، އެކަކު އަނެކަކަށް އެހީތެރިވުމަކީ އުފަލަކަށް ހެދުމުގެ މަގުޞަދުގައި މަރސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މާރސީގެ އެދުމަކީ، ހަމައެކަނި ރުފިޔާއިން މި ޕްރޮގްރާމަށް އެހީތެރިވުމުގެ ބަދަލުގައި، އެހީތެރިކަމަށް ބޭނުންވާ އާއިލާތަކުގެ ނަމުގައި އެ ޖަމިއްޔާއަށް ފޯރމު ހުށަހަޅައިދީ އެފަދަ ފަރާތްތަކަށް އެ ޕްރޮގްރާމުގެ ތެރެއިން އެހީތެރިވެދިނުމުގެ ފުރުޞަތު ހޯދައި ދިނުމުގައި ބައިވެރިވުމެވެ.

މާރސީއިން ބުނީ މިއަހަރުގެ ހަދިޔާވަށި ޕްރޮގްރާމުގައިވެސް އެ ޕްރޮގްރާމުގެ ދަށުން ލިބޭ ދީލަތި އެހީތައް ލިބެނީ، އެހީ ލިބުން އެންމެ ޙައްޤުވެރި ފަރާތްތަކަށް ކަމަށް ހެދުމަށްޓަކައި 'ހަދިޔާވަށި ކޮމިޓީ 2023' އެކުލަވާލައި އިންސާފުވެރިކަމާއިއެކު ކުރިއަށް ގެންދާނެކަމަށެވެ.

މި އަހަރަކީ މަރސީއިން އެ ޕްރްގޮރާމް ކުރިއަށް ގެންދާ ފަސް ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ. މާރސީގެ މި އަހަރުގެ އަމާޒަކީވެސް މި ރަމަޟާން މަހު މަދުވެގެން 30 ޢާއިލާއަކަށް 1500 ރުފިޔާގެ ޕެކޭޖެއް ހަދިޔާ ކުރުމެވެ.

ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ފޮނުވާނީ:

  • - ރުފިޔާ އެކައުންޓް: 7770000048136
  • - ޑޮލަރު އެކައުންޓު: 7770000048137

މަރސީގެ ހަދިޔާވަށްޓަށް އެދި ހުށައެޅުމަށް އެކަމަށް ހާއްޞަ ކުރެވިފައިވާ ލިންކުގައިވާ ފޯރމު ފުރުމުން ނުވަތަ އެ ޖަމުއިއްޔާއިން ފޯރުކޮށްދީފައިވާ ނަމްބަރުތަކަށް 9158066، 9194498، 7377547 ގުޅުމުން އެކަން ވާނެއެވެ.

މާރސީގެ ހަދިޔާވަށި ހޯދުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ 00:00 އެވެ.

މާރސީއަކީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ. މަރސީއިން އަންނަނީ އެހީތެރިކަން ބޭނުންވެފައިވާ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންޑްރައިޒް އިވެންޓްތަކުގެ ޒަރިއްޔާއިންވެސް މަރސީން އަންނަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ލިއުމާއި ގުޅޭ