Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

އައިއެމްއެފެއިން ދޭ 3 ބިލިއަން ޑޮލަރުގެ އެހީގެ ފުރަތަމަ ދޭ ބައި ސްރީލަންކާއަށް ދީފި

ސްރީލަންކާގެ ހީނަރުވެފައިވާ އިގްތިސާދު ރަނގަޅުކުރުމަށް އިންޓަނޭޝަނަލް މަނެޓަރީ ފަންޑްއިން (އައިއެމްއެފް) ދޭ 3 ބިލިއަން ޑޮލަރުގެ އެހީގެ ތެރެއިން ފުރަތަމަ ބައިކަމަށްވާ، 330 މިލިއަން ޑޮލަރު މިއަދު ދީފިއެވެ.

މިދޔަ ހޯމަ ދުވަހުގައި ދޭން އެއްބަސްވި ފައިސާގެ އެހީ ދިނުމަށް ނިންމުމުގެ ސަބަބުން، މުސްތަގުބަލުގައި ވޯލްޑް ބޭންކް، އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް އަދި އެހެނިހެން ފައިސާގެ އެހީ ދޭ މުއައްސަސާތަކުގެ ފަރާތުން އިތުރު އެހި ސްރީލަންކާއަށް ލިބުމަށް މަގުފަހިވާނެކަމަށް ލަފާކުރެއެވެ. މި އެހީގެ ސަބަބުން ސްރީލަންކާއަށް ލިބޭނެ ބޮޑު ފައިދާއަކީ، އެގައުމުގެ 84 ބިލިއަން ޑޮލަރުގެ ގައުމީ ދަރަނި ދެއްކުމަށް ފަސޭހަވުމެވެ.

"މިހާރު މިއޮތީ މާލީ ގޮތުންނާއި ގައުމު ހިންގުމުގެ ގޮތުން ބޮޑެތި އިސްލާހުތަކެއް ގެނައުމަށް މަގު ފަހިވެފައި"، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހު، ޕާލިމެންޓާއި މުހާތަބަކުރައްވަމުން ވިދާޅުވިއެވެ.

އެގައުމުގެ އިގްތިސާދު އެހާމެ ފުން އަޑިގަނޑަކަށް ވެށްޓުމުގެ މައި އެއް ސަބަބަކީ، ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރި އަދި ބައިނަލްއަގްވާމީ އިގްތިސާދުގެ ހަރަކާތްތައް މެދުކެނޑުމާއި، އަދި ކުރީގެ ސަރުކާރުން އިގްތިސާދު ހިންގުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން އަސާސި ތަކެތި އިމްޕޯޓްކުރުމަށް ޑޮލަރު ނެތުމުންނެވެ. ސްރީލަންކާ މިހާރު ހީނަރުވެފައިވާއޮތް މިންވަރަކީ، އެގައުމު މިނިވަންވުމުގެ ފަހުން އިގްތިސާދަށް ކުރިމަތިވި އެންމެ ބޮޑު މާލީ ކާރިސާއެވެ.

36 އިންސައްތައަށް މަތިވި އާމްދަނީ ޓެކްސްއާއި، 66 އިންސައްތައަށް މަތިވި ޕަޗާ ޓެރިފްއާއި އަދި އާންމު ރައްޔިތުންނަށް އަތްފޯރާފަށްވުރެން އިންތިހާއަށް މަތިވި ދިރިއުޅުމުގެ ހަރަދުތައް އޮތް ހާލަތުގެ ތެރޭގައި ސްރީލަންކާ އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މިކަންކަން ރަނގަޅު ކުރުމަށްޓަކައި، ލިބުނު އެހީގެ ބޮޑުބައި ހޭދަކުރަން ރައީސް ވިކްރަމަސިންހަ ގަސްތުކުރައްވަނީ ސިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އިގްތިސާދު އަނބުރާ އަމިއްލައަށް ހިންގޭވަރަށް ރަނގަޅުކުރުމަށް ބޭނުން ޖެހިފައި އޮތް 3 ބިލިއަން ޑޮލަރުގެ އެހީ ލިބުމަށް މަގުފަހިވި އެންމެ ފަހު މަރުހަލާއަކީ، ޗައިނާއިން ސްރީލަންކާއަށް ދީފައިވާ ލޯންތައް ރީސްޓްރަކްޗާކުރުމަށް ޗައިނާއިން އެއްބަސްވުމެވެ.

މި ލިއުމާއި ގުޅޭ