Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

މުއާލާތް ކެނޑުނީމައި ވަޒީރުން ހާޒިރު ކުރެވޭ ގޮތަށް އޮތުން ރިޔާސީ ނިޒާމާއި ޚިލާފު: އަލީ

މުއާލާތް ކެނޑުނީމައި ނުވަނަ ކަންކަމުގެ މަތިން ރައްޔިތުން ހަނދާން ނެތޭހާ ދުވަސްކޮށްފައި ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރު ސުވާލު ކުރެވޭ ގޮތަށް އޮތް އޮތުން ރިޔާސީ ނިޒާމާއި ޚިލާފު ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާފައިވާ ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަ ފުޅުގައެވެ.

އަލީ ވިދާޅުވީ ރިޔާސީ ނިޒާމެއް ހިންގާނަމަ ރިޔާސީ ނިޒާމުގެ ގާނޫނަށްވެސް އަދި ގާނޫނު އަސާސީއަށް ވެސް މާ ރަނގަޅު ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ.
އޭގެ މިސާލެއް ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ވަޒީރަކު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ހާލަތުގައި 14 ދުވަހުގެ ނޯޓިސް އެއް ޖެހޭ ގޮތަށް އޮތް އޮތުން ރިޔާސީ ނިޒާމުގެ އުސޫލުތަކާއި ޚިލާފުކަމަށެވެ.

"ރިޔާސީ ނިޒާމެއްގައި 14 ދުވަހުގެ ނޯޓިސް ދިނުމުގެ މާނައަކީ ގެރި މަރުވީމައި ނުވަތަ މުއާލާތް ކެނޑުނީމައި ވަޒީރު ގެނެސް ސުވާލު ކުރެވޭ ގޮތަށް އޮތުން" އަލީ ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ މުޒާހަރާއެއްގެ ތެރެއަށް މޮޓޯކޭޑާއި އެކީ ގެންގޮސް ވެއްދުމަކީ ދެރަކަމެއްކަމަށާއި އެ މައްސަލައާި ގުޅިގެން ގުޅިގެން ސުވާލު ކުރަން ވަޒީރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭ ދުވަހަކީ މިއަދު ކަމަށެވެ.

"މިއަދު ރައްޔިތުން މަޖިލީހުގެ ފްލޯގައި ޑިފެންސް މިނިސްޓަރު ހާޒިރުކޮށް ހޯމް މިނިސްޓަރު ހާޒިރުކޮށް އެކަމާއި ގުޅޭގޮތުން ސުވާލުކުރެވެން ޖެހޭނެ، ރިޔާސީ ނިޒާމެއް މި ނޫންގޮތަކަށް ހިންގާ 14 ދުވަސް ފަހުން ޑިފެންސް މިނިސްޓަރު މިތަނަށް ހާޒިރުކޮށް އަޅުގަނޑުމެން ކޮން ސުވާލެއް ކުރަންތޯ؟" އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިންގެ ތެރޭގައި ހިނގާ ކަންކަން 7 ދުވަހުގެ ތެރޭގައި ރައްޔިތުން ހަނދާން ނެތޭކަމަށާއި 21 ދުވަހުގެ ތެރޭގައި މުޅި ހާދިސާ ހަނދާން ނެތޭ ކަމަށެވެ. އަދި ވަޒީރުން މަޖިލީހަށް ހާޒިރުކުރަން ދޭ 14 ދުވަސް ގުނަނީ ބަންދު ދުވަސްތައް ނުލާކަމަށް ވާއިރު ވަޒީރަކު ހާޒިރުކުރެވޭއިރު ގިނަ ފަހަރު 21 ދުވަސް ފާއިތުވެފައި އޮންނަކަން ފާހަގަކުރައްވާ މެންބަރު އަލީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ