Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިނޭންސް މިނިސްޓަރ އަމީރު

ފޯނުގެ ހިދުމަތުން ނަގާ ޖީއެސްޓީ އުވާލުމުގެ ވައުދު މިނިސްޓަރު ހަނދުމަފުޅުވެސް ނެތް!

ފޯނުގެ ހިދުމަތުން ނަގާ ޖީއެސްޓީ އުވާލުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދާ ގުޅޭގޮތުން ސުވާލު ކުރުމުން ޖަވާބުދާރީވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އުޒުރުވެރިވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ސުވާލު ކުރެއްވީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި، ފޯނު ހިދުމަތްތަކުން ނަގާ ޖީއެސްޓީ އުވާލެވޭނެ ކަމަށް ހިމަނާފައި އޮތް ވައުދު "ކެންސަލްވީތޯ" އެވެ.

ވެރިކަމުގެ ދައުރު ހަމަވާން އަންނައިރު، އެ ވައުދަށްވީ ގޮތަކާ ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ "އިތުރަށް ސާފުކޮށްލާފަ މެންބަރަށް އޭގެ ޖަވާބު އަރުވާނަން،" ކަމަށެވެ.

ކޯލިޝަން ޕާޓީތަކާއެކު މަޝްވަރާ ކުރުމަށްފަހު އެކުލަވާލި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި ވަނީ، ފޯނު ހިދުމަތުންނާއި، ފެރީގެ ހިދުމަތުންނާއި، އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލެވޭނެ ކަމަށް ހިމަނާފަ އެވެ.

އެއާއެކު ކުރިންވެސް އަމަލުކުރެވުނު އުސޫލުން ޖީއެސްޓީ ނުނެގޭނެ ބާވަތްތަކުގެ ލިސްޓު ތައްޔާރުކުރެވި، ވިޔަފާރިގެތަކުގައި ދައްކަން ބެހެއްޓޭނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

އެކަމަކު އެ ވައުދު އަދިވެސް ނުފުއްދި އޮތް އިރު، އެމްޑީޕީގެ ރައީސަކު ހުރެ، އެ ޕާޓީން ރައްޔިތުންނަށްވީ ގިނަ ވައުދުތަކެއް ނުފުއްދި ހުރުމުން ޕާޓީގެ ބައެއް މެންބަރުންވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރާތީ ފާޑުކިޔުންތައް އަމާޒުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވީ އެމަނިކުފާނު ތަންފީޒުކުރައްވަނީ ކޯލިޝަން ޕާޓީތަކުގެ މެނިފެސްޓޯ ކަމަށެވެ.

މި ލިއުމާއި ގުޅޭ