Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ލިބޭ ހާއްސަ ހަދިޔާތަކާއެކު ރޯދަ މަހުގެ އޮފަރތައް ލޯންޗްކޮށްފި

އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ލިބޭ ހާއްސަ ހަދިޔާތަކާއެކު ރަމަޟާން މަހުގެ އޮފަރތައް ފުވައްމުލަކުން މިއަދު ލޯންޗްކޮށްފިއެވެ.

ޏ. ފުވައްމުލަކު ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައި އެކުންފުނިން މި އޮފާތައް އިއުލާނުކޮށްފައިވާއިރު، އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ވަނީ މި ރަމަޟާން މަހުވެސް ތައާރަފް ކޮށްފައެވެ.

އުރީދޫއިން މި އޮފަރ ތައް ލޯންޗް ކުރުމަށްޓަކައި ބޭއްވި ހަރަކާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްގެ އިތުރުން ފުވައްމުލަކުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހާއްސަ އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ ޏ.ފުވައްމުލަކުގެ ރީތިކަމާއި ސަގާފަތާއި ބަހުރުވަ ދައްކުވައިދޭ ރަމަޟާން ކެމްޕެއިން ވީޑިއޯ ވެސް ދައްކާލާފައެވެ. މި ކުރު ފިލްމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގައޮ ކުރެވޭ ތަޖުރިބާގެ އަގު ވަޒަންކޮށް، ރަށްރަށުގެ ދިރިއުޅުން އެހެން ހަރުފަތަކަށް އަޕްގްރޭޑް ކުރުމަށް މުޖުތަމައުގެ ތެރޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުމެވެ.
އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހަށް ހާއްސަ އޮފަރ ތަކުގެ ތެރޭގައި ހިމެނެނީ:

ހާދިޔާ ފޮށި:

  • - މި ރަމަޟާން މަހު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އުރީދޫ އެޕްގައި ހިމަނާފައިވާ ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ގެ އިތުރުންވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހާދިޔާ ފޮށި ގޭމް ކުޅެވޭނެ އެވެ.
  • - ހާދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާ އެއް ލިބިގެންދާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވައި ހަދިޔާއެއް ލިބޭނެ އެވެ.
  • - ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހާދިޔާ ފޮށި ކުޅެލުމަށް އުރީދޫ އެޕް ޑައުންލޯޑްކުރައްވާ: http://ore.do/app

ރޯދަ ހަދިޔާ:

  • - ބަރަކާތްތެރި ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހުގެ ތެރޭގައި އާޗާ 750، އާޗާ 500 އަދި އުރީދޫ ޑޭޓާ 500 ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ގެ ގޮތުގައި 10ޖީބީ ޑޭޓާ ނުވަތަ 5ޖީބީ ޑޭޓާ ގެ އިތުރުން 200 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތުވެސް ލިބިގެނދާނެއެވެ.
  • - އާޗާ ޕްރީޕެއިޑް 750 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 6 ޖީބީ ޑޭޓާ ލިބޭއިރު އާޗާ ޕްރީޕެއިޑް 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2 ޖީބީ ޑޭޓާ އަދި އުރީދޫ ޑޭޓާ 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް 30 ދުވަހަށް 35 ޖީބީ ޑޭޓާ ލިބޭނެ އެވެ. މި ޕެކްތަކަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި އަދި ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކްތަކެކެވެ.
  • - އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި ޕެކްތައް އެކްޓިވޭޓް ކުރެވޭނެ: http://ore.do/app

މީގެ އިތުރުން ސައޫދީގައި ތިއްބެވި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ޚާއްޞަ ސައުދީ އައިޑީޑީ ޕެކް:

- އުރީދޫ ޕާސްޕޯޓާއެކު ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގެ އައިޑީޑީ ރޭޓްތަކާއެކު މި ރަމަޟާން މަހު ސައޫދީ އަރަބިއްޔާގައި ތިއްބަވާ އާއިލާއާ އާއި ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ.

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް އުރީދޫއިން މިފަދަ ޚާއްސަ ހަރަކާތްތަށް އެކުންފުނީގެ ކަސްޓަމަރުންނަށް ތައާރަފްކުރެއެވެ.

މި ލިއުމާއި ގުޅޭ