Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފުލުހުންނަށް ނުހޯދުނު، ފައިހު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

މާރާމާރީއެއްގެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ފައިހު ނިޒާމް ފުލުހުންނަށް ނުހޯދެނީސް މިރޭގެ ވަގުތެއްގައި ފުލުސް އޮފީހަށް އަމިއްލައަށް ހާޒިރުވެ ފުލުހުންނާއި ހަވާލުވެއްޖެއެވެ.

ފުލުހުން ފައިހު ހޯދަން އެންމެ ފުރަތަމަ އިއުލާނުކުރީ ފާއިތުވި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގައެވެ. ފައިހު ހޯދުމުގެ މަސައްކަތް ފުލުހުން ފެށިގެން މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ފާއިތުވި މުއްދަތުގައި ފައިހު ހޯދުމަށްކަމަށް ބުނެ ފުލުހުންވަނީ ގިނަ އަދަދެއްގެ ގެއަށް ރެއިޑުކޮށްފައެވެ.

އެގޮތުން ޖުމްލަ 50 އަށްވުރެ ގިނަ އެޕާޓުމެންޓަށް ފުލުހުން ވަދެ ފާސްކުރިއިރު އެތަންތަނަށް މުޅިންވެސް ވަދެފައިވަނީ އެގެއެއްގައި ފައިހު އުޅޭކަމުގެ އިންޓެލިޖެންސް ލިބިފައިވާކަމަށް ބުނެ ކޯޓް އަމުރު ހޯދާގެންކަން “ދިޔަރެސް” އަށް ފުލުހުންގެ މަސްދަރަކުން ކަށަވަރުކޮށްދީފައިވެއެވެ.

މިއަދު އެކަނި ފުލުހުންވަނީ 3 ގެއެއް ބަލައި ފާސްކޮށްފައެވެ. އެ ތިން ގޭގެ ހުރިހާ ފަންގިފިލާއެއްގައި ހުރި ހުރިހާ އެޕާޓުމެންޓަކަށް ވަދެ ހުރިހާ ކޮޓަރިއެއް ފުލުހުން ބަލައިފާސްކުރިކަމަށް އެ ގެތަކުގައި ދިރިއުޅޭ މީހުން ބުނެއެވެ.

މިއަދު ފުލުހުން ބަލައިފާސްކުރި ގެއެއްގެ މީހަކު ނަންނުޖަހާ ގޮތަށް "ދިޔަރެސް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެގެއަށްވެސް ފުލުހުންވަނީ އެ ގޭގައި ފައިހު ފިލައިގެން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށް ބުނެ ކަމަށެވެ.

ފުލުހުން މިއަދު 3 ސަރަހައްދެއްގައި ހުރި ތިން ގެއަށް ވަދެ ބަލައިފާސްކުރިއިރު ތިން ގެއަށްވެސް ވަނީ ފައިހު އެތަނުގައި އުޅޭކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާކަމަށް ބުނެކަމަށް އެގެތަކުގެ މީހުން ކިޔައިދިނެވެ. އެމީހުން ބުނި ގޮތުގައި ގޭގެއަށް މޫނު ނިވައިކޮށްގެން ތިބި ފުލުހުން ވަދެ އެގެތަކާ ގުޅުމެއްވެސް ނެތް މީހަކު ހޯދަން އުޅުމުން އެގެތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބިރުވެރިކަމާއި ނާމާކަން އިހުސާސްވެ ނަފުސާނީ ގެއްލުންވެފައިވާކަމަށްވެސް އެމީހުން ބުނެއެވެ.

މަހަކަށްވުރެ ގިނަ ދުވަސްވީއިރު ފައިހު ނުފެނުމާއި ފައިހު އުޅޭ ތަނެއް ނޭނގި އޭނާއާ ގުޅުމެއް ނެތް ގެތަކަށް ފުލުހުން ވަދެ ބަލައިފާސްކުރުމަކީ ފުލުހުންގެ އިންޓެލިޖެންސް އަދި މައުލޫމާތު އެއްކުރުމުގެ ޤާބިލުކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.

އޭގެ އިތުރަށް ފައިހު ފޮރުވައިގެން އުޅޭކަމަށް ތުހުމަތުކޮށް 5 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. މިމަހުގެ 19 ވަނަ ދުވަހުގެ ރޭގައި ހައްޔަރުކުރި އެ 5 މީހުންގެ ތެރެއިން 3 މީހަކު 15 ދުވަހަށް ބަންދުކޮށް، ބާކީ ތިބި ދެ މީހުން ކޯޓުންވަނީ ދޫކޮށްލާފައެވެ.

ފައިހު ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބި މަހެއްހައި ދުވަސްވެފައިވަނިކޮށް މިރޭ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާއަށް މައުލޫމާތު ދެއްވިއެވެ.

މި ލިއުމާއި ގުޅޭ