Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ރިފޯމް މޫވްމެންޓް

އެމްއާރުއެމުން ބުނީ އަދާލަތާއި އެމްޑީޕީއާއެކު ވެސް އަދި މަޝްވަރާތައް އެބަހުރި ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް(އެމްއާރުއެމް)އިން، އަދާލަތު ޕާޓީއާ ބައްދަލުކުރުމަށްފަހު، އަދާލަތާއި އެމްޑީޕީއާއެކު ވެސް އަދިވެސް މަޝްވަރާތައް އެބަހުރި ކަމަށް ބުނެފިއެވެ.

އެމްއާރްއެމް އިން ބުނީ އަދާލަތާއެކު މިއަދު މަޝްވަރާ ކުރީ ކޯލިޝަން ހެދުމުގެ ކުރިން ރިޢާޔަތް ކުރަންޖެހޭ ކަންކަމާބެހޭ ގޮތުން ކަމަށާއި އަދި އެ މަޝްވަރާތައް ނުނިމޭ ކަމަށެވެ.

މި ބައްދަލު ކުރުމަށްފަހު އަދާލަތުން ކުރި ޓްވީޓްގައި ބުނީ އެ ޕާޓީން އެމްއާރުއެމްއާ ބައްދަލުކުރީ އެ ޕާޓީން އެދިގެން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ހިނގަމުން މިދާ ރިޔާސީ ދައުރުގައި ކުރެވުނު ތަޖުރިބާތަކާއި ކުރިއަށް އޮތް ތަނުގައި ވެސް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނު ކަމަށް ޓްވީޓުގައި ބުނެފައި ވެއެވެ.

އަދާލަތުގެ ޓްވީޓް

އަދާލަތުން ވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމައި އެކަން އިއުލާނުކޮށްފައެވެ. ނަމަވެސް އެމްއާރްއެމް އިން އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ. އެޕާޓީން ދަނީ ކޯލިޝަން ހަދާނެ ބަޔަކާ މެދު މަޝްވަރާތައް ކުރަމުންނެވެ.

އެގޮތުން އެމްއާރްއެމްއިން ވަނީ ޖޭޕީއާއެކު ވެސް އިންތިޚާބާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ. އެ މަޝްވަރާތަކަށް ފަހު ޖޭޕީގެ ލީޑަރު ވަނީ އެމްއާރްއެމް އެޕާޓީއާއެކު ކޯލިޝަން ހަދައިފިނަމަ ރިޔާސީ އިންތިޚާބުގައި ނައިބް ރައީސްކަން އެޕާޓީއަށް ދެއްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.

މި ލިއުމާއި ގުޅޭ