Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެވެށި އަނިޔާ

މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފި، އަންހެންމީހާއަށް ފަރުވާދެނީ

ގދ.މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް މިއަދު ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަނިޔާކުރީ ކިހިނެއްކަން ފުލުހުން ބުނެފައިނުވެއެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ މި ހާދިސާގައި އަނިޔާ ލިބުނު އަންހެންމީހާއަށް މަޑަވެލީ ހެލްތު ސެންޓަރުގައި ފަރުވާދީފައިވާ ކަމަށެވެ.

އަދި އަންހެން މީހާއަށް އަނިޔާކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 33 އަހަރުގެ ފިރިހެނެއްކަން ފުލުހުން ހާމަކުރި ނަމަވެސް އެ އަންހެންމީހާއާއި އަނިޔާކުރި ފިރިހެންމީހާގެ ގުޅުމަކީ ކޮބައިކަމެއް ފުލުހުން ބަޔާންނުކުރެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި ލިއުމާއި ގުޅޭ