Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ކާނަލް މުޙައްމަދު ނާޒިމް

އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމާ ހަވާލުކުރުން މޭ 5 ވަނަ ދުވަހު

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަދި ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމަށް އަންނަ މޭ މަހުގެ 5 ވަނަ ދުވަހުގައި ރަސްމީކޮށް އެރުވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމައިފިއެވެ.

މޭ މަހުގެ 5 ވަނަ ދުވަހުގައި އެމްއެންޕީގެ ޓިކެޓު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް އެރުވުން އޮންނާނެކަން ރޭ އޮތް އެ ޕާޓީގެ ޤައުމީ ކައުންސިލުގެ ތިންވަނަ ބައްދަލުވުމުގައި އިއުލާނުކުރެއްވީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމެވެެ.

އެމްއެންޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމަށް އެ ޕާޓީން ފުރުސަތު ހުޅުވައިލުމުން އެ މަޤާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ ރައީސް ނާޒިމް އެކަންޏެވެ. އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނެތުމުން އެ ޓިކެޓު ނާޒިމަށް ލިބިވަޑައިގަތެވެ.

އަންނަ މޭ މަހުގެ 5 ވަނަ ދުވަހުގައި އެ ޕާޓީގެ ޓިކެޓް ނާޒިމަށް އެރުވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު އެ ޖަލްސާގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ޒިންމާ ކައުންސިލުން ހަވާލުކުރީ ޕާޓީގެ ނައިބުރައީސް ހުސައިން އިސްމާއީލަށެވެ.

އެމްއެންޕީން ބުނާ ގޮތުގައި މިހާރުވެސް އެ ޕާޓީގައި 10،000 އަށްވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. ނަމަވެސް އެމްއެންޕީއަކީ ވަގަށް އެހެން ޕާޓީތަކުން މެންބަރުން އެ ޕާޓީއަށް ވައްދާކަމަށް ވަރަށް ބޮޑަށް ތުހުމަތުވާ ޕާޓީއެކެވެ.

މިހާތަނަށް ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓުން ނެރޭނެކަން އިއުލާނުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްއާއި ވެރިކަންކުރާ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީންނެވެ. އެ ޕާޓީތަކުގެ ތެރެއިން މިހާތަނަށް ކެނޑިޑޭޓު ކަނޑައަޅައި އިއުލާނުކޮށްފައިނުވާ ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ.

މި ލިއުމާއި ގުޅޭ