Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ޕެންޝަން މައްސަލާގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން ފްރާންސްގެ ސަރުކާރު ސަލާމަތްވެއްޖެ

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ފްރާންސްގެ ރިޓަޔަމަންޓް އުމުރު ދިގުކުރުމުގެ ބިލާ ގުޅިގެން ސަރުކާރާއި ދެކޮޅަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓު، ފްރާންސްގެ ބަރުލަމާނުގެ ތިރިގެއިން ފާސްނުވެ، ފްރާންސްގެ ސަރުކާރު ސަލާމަތްވެއްޖެއެވެ.

މެދު ފިޔައިގެ ސިޔާސަތުތަކަށް ތާއީދުކުރާ ކުޑަ ޖަމާއަތަކުން ހުށަހެޅި އިތުބާރު ނެތްކަމުގެ ބިލް ފާސްވުމަށް ބޭނުންވާ 287 ވޯޓުގެ ތެރެއިން ލިބުނީ 278 ވޯޓެވެ. ކަނާތު ފިޔައިގެ ފަރާތްތަކުން ހުށަހެޅި އިތުބާރުނެތް ކަމުގެ ބިލަށް އެންމެ 94 ވޯޓު ލިބި، އެއިން އެއްވެސް ހުށަހެޅުމަށް ފާސްވާން ބޭނުންވާ މިންވަރަށް ވޯޓު ނުލިބުމުގެ މާނައަކީ ޕާލިމެންޓުން މިހާރު ޕެންޝަން ބިލް ބަލައިގަނެފާވަކަމަށް، ނޭޝަނަލް އެސެމްބްލީގެ ތަރުޖަމާން، ޔައެލް ބަރްއުން-ޕިވޭޓް ވިދާޅުވިއެވެ. .

ރިޓަޔަމަންޓްގެ އުމުރު ދިގު ކުރުމުގެ ބިލަކީ، ފްރާންސްގެ ގާނޫނު ހަދާ ޤާނޫނު ހަދާ މަޖިލީހުގެ ހުއްދައާއި ނުލާ ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ޤާނޫނަކަށް ހައްދަވަން މަސައްކަތްކުރައްވާ ބިލެކެވެ. ނަމަވެސް އެ ބިލް ގާނޫނަކަށް ވުމުގެ ކުރިން ކޮންސްޓިޓިއުޝަނަލް ކައުންސިލްއިން އެ ބިލް ރިވިއު ކުރާނެއެވެ.

މި ބިލާއި ދެކޮޅަށް ފަރަންސޭސި ގިނަ ރައްޔިތުންނާއި ސިޔާސީ ގިނަ ޕާޓީތަކުން އަޑު އުފުލަމުން ދާއިރު، މި ބިލް އިންކާރުކުރުމަށް ކައުންސިލް ފަރާތުން އެދިލައްވާނެކަމަށް، ކަނާތު ފިޔައިގެ ލީޑަރު މެރީން ލެ ޕެން ވިދާޅުވިއެވެ.

ހަމައެއާއިއެކު، ރިޕަބްލިކަން ގާނޫނު ހަދާ ފަރާތްތަކުގެ އިސްވެރިޔާ އޮލިވިއާ މާރލެއި، ޕެންޝަން ބިލަށް އިންކާރު ކުރުމުގެ ސަބަބުކަމުގައި ބަޔާންކުރީ، ރިޓަޔާ ކުރާ މީހުންގެ ޕާޗެސިންގެ ޕަވާ ހިމާޔަތްކޮށް، ޕެންޝަން ސިސްޓަން ރަނގަޅުކުރަން ޖެހުމެވެ.

މީގެ އިތުުރުން، މެދު ފިޔައިގެ ޗާލްސް ޑި ކޯސަން، ޕެންޝަން ބިލަށް ވޯޓު ނުލައި ބިލު ކުރިއަށް ގެންދިއުމަށް ސަރުކާރުން ޚާއްޞަ ދުސްތޫރީ ބާރެއް ބޭނުންކުރުމާ ގުޅިގެން ފާޑުވިދާޅުވިއެވެ.

އެކިއެކި ލޭބާ ޔޫނިއަންތަކުގެ ނުރުހުމުގެ އިތުރުން، ރިޓަޔާ ކުރުމުގެ އުމުރު ދިގު ކުރުމާއި ދެކޮޅަށް ފްރާންސްގެ ގިނަ ރައްޔިތުން އަޑު އުފުލާ، ބޮޑު އިހްތިޖާޖްތަކެއް ވެސް އަންނަނީ ބާއްވަމުންނެވެ. އެގޮތުން، ގައުމުގެ ކުނި ނައްތާލުމުގެ މައިދާނުގެ މަސައްކަތްތެރިންނާއި، ދަތުރު ފަތުރު ދާއިރާއާއި، ހަކަތަ ދާއިރާގެ މަސައްކަތްތެރިން މަސައްކަތް ހުއްޓާލިއެވެ. 15 ދުވަސް ވަންދެން ކުނި ނުނަގާ ހުރުމުގެ ސަބަބުން، ގައުމުގެ މަގުތަކަށް ކުނި ޖަމާވެ، މަގުތަކުން ނުބައިވަސްދުވެ، އަދި ކުނި އަންދާ ކާރުހާނާތަކުގައިވެސް މަަސަައްކަތް ހުއްޓުމަކަށް އައިސްފާވެއެވެ.

ޕާލިމަންޓުގެ ރުހުމެއް ނެތި ބިލް ކުރިއަށްގެންދަވަން ނިންމެވުމަށްފަހު މިކަމާ ގުޅިގެން މިހާތަނަށް ރައީސް މެކްރޯން ބަސްފުޅެއް ވިދާޅުނުވެއެވެ. އަންގާރަދުވަހުގެ ހެނދުނުގައި މެކްރޯން އެ ޤައުމުގެ ބޮޑުވަޒީރާއި ކެބިނެޓުގެ އެހެން ވަޒީރުންނާ ބައްދަލުކުރައްވަން ނިންމަވާފައިވެއެވެ.

މި ލިއުމާއި ގުޅޭ