Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެއްލިގެން ހޯދާ މީހެއް

މާލެއިން އަނެއްކާވެސް މީހަކު ގެއްލިގެން ހޯދަނީ

އަނެއްކާވެސް މާލެ ސަރަހައްދުން މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދުމުން އަންނަނީ އުމުރުން 46 އަހަރުގެ، ހ.ކޯލީފްލާވާ، މާލެ، އަޙްމަދު ނާޝިދެވެ. އޭނާ ގެއްލުނީ މާޗު މަހުގެ 15 ވަނަ ދުވަހުގައެވެ.

ނާޝިދު މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން ފުލުހަށް އޭނާ ގެއްލުނު މައްސަލަ ރިޕޯޓުކޮށްފައިވަނީ މާޗު 19 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ ނާޝިދު ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުންގެ ހުރިހާ ބަހާތަކަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އަދި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ނާޝިދު ފެނިފައިނުވާތީ ފުލުހުން އެދުނީ ނާޝިދާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމެންޓަށް ފޯނު ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށެވެ.

މި ލިއުމާއި ގުޅޭ