Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓާ ޑރ.ޢާއިޝަތު ޢަލީ

ހއ.އަތޮޅު ކައުންސިލުގެ ފޯރަމަށް ދައުވަތު ނުލިބޭކަމަށް ވިދާޅުވެ މިނިސްޓަރު ހެއްދެވީ އިތުރުފުޅެއް

ހއ.އަތޮޅު ސުކޫލުތަކުގެ ތައުލީމީ ހާލަތު ރަނގަޅުކުރުމަށް އެ އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޕްރިންސިޕަލުންގެ ފޯރަމަށް ދައުވަތު ނުލިބޭކަމަށް ވިދާޅުވެ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު އަލީ އިތުރުފުޅު ހައްދަވައިފިއެވެ.

އެ އަތޮޅު ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހއ. އަތޮޅުގެ 14 ރަށުގެ ތައުލީމީ ހާލަތު ރަގަޅުކުރުމަށް އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވި އެ ފޯރަމަށް އެޑިއުކޭޝަން މިނިސްޓްރީއަށާއި އަތޮޅުގެ ފަސް މަޖިލިސް މެންބަރުންނަށްވެސް ދުރާލާ ދައުވަތު ދިން ކަމަށެވެ.

އެކަމަކު ދައުވަތު ދިނުމުންވެސް އެމީހުން ފޯރަމްގައި ބައިވެރިވެރިނުވީ ޝުޖާއު ތުހުމަތުކުރެއްވި ގޮތުގައި އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ، "ފިކުރެއްގެ ދިރުން" ގޮފީގެ މެންބަރަކަށް ވާތީ އެވެ.

ޝުޖާ މިފަދައިން ވިދާޅުވުމުން މިނިސްޓަރު ޑރ.ޢާއިޝަތު އަލީ ކުރެއްވި ޓުވީޓެއްގައި ޝުޖާ އިތުރުފުޅުހައްދަވާކަމަށް ވިދާޅުވެ، އެފަދަ ދޮގު މައުލޫމާތު ނުފެތުރުއްވުމަށް އިލްތިމާސްކުރެއްވިއެވެ. "މިފަދަ ދައުވަތެއް އަޅުގަނޑަށް ލިބިފައެއްވެސް ނުވޭ،" މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

މިފަދައިން މިނިސްޓަރު ވިދާޅުވެފައިވަނިކޮށް އެ ފޯރަމުގައި ބައިވެރިވުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ދައުވަތާ ގުޅިގެން އެ މިނިސްޓްރީން ދީފައިވާ ޖަވާބުގެ ކޮޕީއެއް މީސްމީޑިއާއަށް ތިލަވެފައިވެއެވެ.

މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ މިހާރު މިނިސްޓްރީގެ މަސައްކަތްތައް ހުރި ގޮތުން އެ ވުޒާރާގެ ބޭފުޅަކު ހއ.އަތޮޅު ކައުންސިލުން ބާއްވާ ފޯރުމުގައި ބައިވެރިކުރުމަކީ ދަތިކަމެއް ކަމުގައި ދަންނަވާ ކަމަށެވެ.

މި ސަރުކާރުގެ ވަޒީރުން އެކި ކަންކަމުގައި އިތުރުފުޅުހައްދަވައި އޮޅުވައިލެއްވުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ.

މި ލިއުމާއި ގުޅޭ