Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ޝިޔާމް

ރައީސް އިބްރާހީމްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމަށް ބުނެ ޝިޔާމް ހައްޔަރުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅިކަމަށް ބުނެ އިދިކޮޅު ޕީޕިއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރަގެ މެމްބަރު ޝިޔާމް ހައްޔަރުކޮށްފިއެވެ.

ރޭ ހުޅުމާލޭގައި އޮތް ޖަލްސާއެއް ނިންމާފައި ރައީސް އިބްރާހީމްގެ މޮޓޯކޭޑް މާލެ އައި އިރު އިދިކޮޅު ޕީޕިއެމްގެ ސަޕޯޓަރުން ތިބީ ޕީޕީއެމް އޮފީސް ކުރިމަތީ މުޒާހަރާ ކުރާށެވެ. އަދި ރައީސް އިބްރާހީމްގެ މޮޓޯކޭޑު ފެނުމުން މުޒާހަރާގެ ބައިވެރިން ވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން މަގުމަތީ އިށީންދެފައެވެ. އަދި “ޗޯރު އިބޫ އިސްތިއުފާ” މިގޮތަށް ގޮވަމުން ދިޔައެވެ.

ރައީސް އިބްރާހީމްގެ ސެކިއުރިޓީން ވަރަށް މަސައްކަތް ކުރުމުންވެސް މުޒާހަރާގެ ބައިވެރިން އެތަނުން ދުރަށް ނުދިޔައެވެ.

އޭގެ ފަހުން އެ ސަރަހައްދުގައި ހުރި ކެފޭ އަކުން މެމްބަރު ޝިޔާމް ނިކުމެވަޑައިގަތްތަނުން ފުލުހުން އައިސް ވަނީ ޝިޔާމް ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރި ފުލުސް މީހާ ބުނި ގޮތުގައި ޝިޔާމް ހައްޔަރު ކުރަނީ ރައީސް އިބްރާހީމްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.

ރޭގެ މުޒާހަރާއިން ފުލުހުން ވަނީ 21 މީހުން ހައްޔަރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ