Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރެއްވުމުގެ ދައުވަތަށް އީރާނުގެ ރައީސް ރައިސީގެ މަރުހަބާ

ސައުދީ އަރަބިއްޔާއާއި އީރާނުގެ މެދުގައި އެކުވެރިކަމުގެ ގުޅުން ޤާއިމުކުރުމަށް ދެ ޤައުމު އެއްބަސްވުމަށްފަހު، ސައުދީއަށް ޒިޔާރަތްކުރެއްވުމަށް އެ ޤައުމުގެ ރަސްގެފާނު އީރާނުގެ ރައީސް އިބްރާހީމް ރައިސީއަށް ދެއްވި ދައުވަތަށް އޭނާ މަރުހަބާ ވިދާޅުވިއެވެ.

"ރައީސް ރައިސީއަށް ފޮނުއްވި ސިޓީއެއްގައި ސައުދީ ޢަރަބިއްޔާގެ ރަސްގެފާނުވަނީ އުޚުއްވަތްތެރި ދެ ޤައުމުގެ މެދުގައި ހެދުނު އެއްބަސްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، ސައުދީގެ ވެރިރަށް ރިޔާޟަށް ޒިޔާރަތްކުރެއްވުމަށް ރައިސީއަށް ދައުވަތު ދެއްވާފައި،" އީރާނުގެ ރައީސްގެ ޗީފް އޮފް ސްޓާފުގެ ޑެޕިއުޓީ މުޙައްމަދު ޖަމްޝީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. އަދި އެ ދައުވަތަށް ރައީސީ މަރުހަބާ ވިދާޅުވިކަމަށްވެސް އޭނާ ލިޔުއްވިއެވެ.

އީރާނާއި ސައުދީގެ ގުޅުން ހީނަރުވެ ދެ ޤައުމުގެ ގުޅުން އެކީގައި މީގެ 7 އަހަރު ކުރިން ކަނޑާލާފައިވަނިކޮށް ޗައިނާ މެދުވެރިގެން ދެ ޤައުމުގެ ގުޅުން އަލުން އިއާދަކުރުމުގެ އެއްބަސްވުމަކަށް ވާސިލުވެވުނުކަން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ.

ސައުދީން އީރާނާ އޮތް ގުޅުން ކަނޑައިލީ އެ ޤައުމުން ޝިއީ އިލްމުވެރިއެއްކަމަށްވާ ނިމްރު އަލް-ނިމްރު ދަންޖައްސައި މަރައިލުމާ ގުޅިގެން އީރާނުގެ މީހުން ކުރި އިހުތިޖާޖުގައި ސައުދީ ޑިޕްލޮމެޓިކް މިޝަންތަކަށް ހަމަލާދިނުމާ ގުޅިގެންނެވެ.

ޗައިނާ މެދުވެރިގެން ވާދަވެރި ދެ ޤައުމުގެ މެދުގައި ވެވޭ އެއްބަސްވުމާއެކު ޝިޢީންގެ އަޣުލަބިއްޔަތު އޮންނަ އީރާނާއި ސުންނީ މުސްލިމުންގެ ބޮޑު އަޣުލަބިއްޔަތު އޮންނަ ސައުދީގެ މެދުގައި ގުޅުން ރަނގަޅުވެ، 2 މަސްދުވަސް ތެރޭގައި ދެ ޤައުމުގެ އެމްބަސީތައް އަލުން ހުޅުވިގެންދާނެއެވެ.

އޭގެ އިތުރަށް ސަލާމަތީ ކަންކަމާއި އިޤުތިޞާދީ ކުރިއެރުމުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުމަށްވެސް ދެ ޤައުމުންވަނީ އެއްބަސްވެފައެވެ.

ފާއިތުވި އެތައް ދަރަހަކަށް ބޮޑެތި ނުތަނަވަސްކަމުގެ ތެރޭގައި އޮތް މެދުއިރުމަތީ ސަރަހައްދުގެ ހާލަތަށް އީރާނާއި ސައުދީގެ މި އެއްބަސްވުމާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ޚާއްޞާކޮށް މިހާރު ޔަމަނުގައި ހިނގާ ހަނގުރާމަ މަޑުޖެހި ސުލްހަވެރި ހައްލެއް ލިބުމުގެ އުންމީދު ބޮޑުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ