މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް އިސްލާމިކް މިނިސްޓްރީން މިއަދު ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން ފިތުރު ޒަކާތްދެއްކުމަށް ކަނޑައަޅާފައިވާ އަދަދުތަކަކީ:
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމަކުމެ، ތިމާ އާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުން އީދު ވިލޭރެއާއި އީދު ދުވަހު ކާނޭތަކެތި ހުރެފައި އިތުރަށް ހުރި އެއްޗަކުން ތިމާ އާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން އެ މުޖުތަމައުގައި އުޅޭ ފަގީރުންނަށް ދިނުން ފަރުޟް ކުރައްވާފައިވާ އެއްޗެކެވެ. ފިތުރު ޒަކާތް ނެރުން ވާޖިބުވާ ވަގުތަކީ، ރަމަޟާން މަހުގެ ފަހުދުވަހުގެ އިރު އޮއްސުމާއެކުއެވެ.