Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ޢަޒީޒާ މޫސާ މިސްކިތުގެ ކާޕެޓް އެޅުމުގެ މަސައްކަތް ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ކުރިން ނިންމާލެވޭނެ: ސިޓީ ކައުންސިލް

ހުޅުމާލޭގައި ހުންނަ ޢަޒީޒާ މޫސާ މިސްކިތުގެ ކާޕެޓް އެޅުމުގެ މަސައްކަތް ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތައް އާބާތުރަ ފިލުވައި ބެލެހެއްޓުމަކީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އާއި ސިޓީކައުންސިލްއިން އެންމެ އިސްކަމެއްދޭ އެއް މަސައްކަތް ކަމަށެވެ.

ސުޖާއު ވިދާޅުވީ މިމިސްކިތުގައި ކާރޕެޓް އެޅިގެން ދާނީ މިސްކިތުގެ އަހުލުވެރިން ބޭނުންފުޅުވި ގޮތައް ކަމަށާއި އެގޮތުން އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ދެއްވީ ނެވިލޯންގެ ބަދަލުގައި ކާރޕެޓް އަޅައި ދެއްވުމަށް ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ސިޓީ ކައުންސިލުން ވަނީ ރައްޔިތުންގެ އެހީއަށް އެދިފައެވެ. އެގޮތުން މިސްކިތު ފަންޑުގެ ނަމުގައި ފަންޑެއް ތައާރަފުކޮށް އެފަންޑަށް ލިބޭ ފައިސާއިން ގްރޭޓާ މާލެ އޭރިއާގައި ހުރި މިސްކިތްތައް ސިޓީ ކައުންސިލުން އަންނީ މަރާމާތު ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ