Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފުލުހުން ހޯދާ މީހަކު ފޮރުވިކަމަށް ބުނާ މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލައި 3 މީހުން ބަންދަށް

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ ސ.މަރަދޫ، ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިހު ނިޒާމު ފޮރުވައިގެން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައި ބާކީތިބި 3 މީހުން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފިއެވެ.

ގޭންގު މާރާމާރީގެ މައްސަލައެއްގައި ހޯދަމުން އަންނަ ފައިހު ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުންވަނީ މާލެ ސަރަހައްދުން 5 މީހަކު ހައްޔަރުކޮށްފައެވެ.

އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ފަސް މީހުންގެ ތެރެއިން 3 މީހަކު 15 ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރިއިރު ބާކީ ތިބި ދެ މީހުން ދޫކޮށްލަން ކޯޓުން އަމުރުކުރިކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ފުލުހުން ފައިހު ހޯދަން ފެށީ ފާއިތުވި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މަސް ދުވަސްވީއިރުވެސް އޭނާ ނުފެނުމުން ފާއިތުވި ހަފުތާ ބުދަދުވަހުގައި ދެވަނަ ފަހަރަށް އޭނާ ހޯދުމަށް ފުލުހުން އިއުލާނުކުރިއެވެ.

ފުލުހުން އާންމުން ކިބައިން އެދިފައިވަނީ ފައިސހާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ ނުވަތަ އޭނާ ފެނިއްޖެނަމަ 9911099 ނުވަތަ 3322111 އަށް ގުޅައި ފުލުހުންނަށް މައުލޫމާތު ހިއްސާކުރުމަށެވެ.

މި ލިއުމާއި ގުޅޭ