Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ދެ ބިދޭސީއެއެއްގެ ނަން މަތީ 24،000، 12 ބިދޭސީއެއްގެ ނަންމަތީ 38،000 ސިމް!

ދެ ބިދޭސީއެއްގެ ނަން މަތީ 24،000 ސިމް ކާޑު އަދި 12 ބިދޭސީއެއްގެ ނަން މަތީ 38،000 ސިމް ކާޑު ނަގައިގެން ބޭނުންކޮށްފައިވާ ކަމަށް ފުލުހުންގެ ރިޕޯޓަކުން ދައްކައިފި އެވެ.

ސްކޭމްތަކުގެ މައްސަލަތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ވަނީ ފުލުހުންނާއި އެމްއެމްއޭ އާއި ބީއެމްއެލް އިން ފާހަގަކުރި މައްސަލަތަކާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ފުލުހުން ކޮމިޓީއަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެކެއްގެ ނަން މަތީ ގިނަ އަދަދެއްގެ ސިމް ކާޑު ބޭނުންކުރާ މައްސަލަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ފޮނުވި ރިޕޯޓުގައި ވަނީ، އެކެއްގެ ނަން މަތީ 800 އަށް ވުރެ ގިނަ ސިމް ނަގާފައިވާ މައްސަލައަކާއި ދެ ބިދޭސީންގެ ނަން މަތީ 24،000 ސިމް ނެގި މައްސަލައަކާއި 12 ބިދޭސީއެއްގެ ނަންމަތީ ދިރާގުގެ 38،000 ސިމެއް ނެގި މައްސަލަ އެވެ.
އެފަދަ ސްކޭމްގެ މައްސަލަތައް ހިންގުމުގައި މާފުށީ ޖަލުން އެކަން ކުރާކަން ފާހަގަކުރެވިފައިވާތީ، ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު މަދު ބައެއްގެ ނަންމަތީ އެހާ ގިނަ އަދަދަކަށް ސިމް ކާޑު ނަގައިގެން ބޭނުންކުރާއިރު، އެ މައްސަލަ ހައްލު ނުކުރެވޭތީ މެންބަރުން ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ހޯމް މިނިސްޓްރީއަށް ފާޑުކިޔާފަ އެވެ.

އެސްއޯއީ ކޮމިޓީން ސްކޭމްގެ މައްސަލަ ބަލަން ފެށީ ބޭންކް އޮފް މޯލްޑިސްގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާ މައްސަލައާ ގުޅޭގޮތުން ޝަކުވާތައް އިތުރުވުމުންނެވެ. އެމްއެމްއޭ އިން ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު 1،450 ސްކޭމް މައްސަލަ ހުށަހަޅާފައިވެ އެވެ.

އެ މައްސަލަ އިތުރަށް ދިރާސާކުރަން ކަރެކްޝަން ސާވިސް އާއި އައިޑީކާޑުތަކުގެ މައުލޫމާތުތައް ލީކުވާ މައްސަލައާ ގުޅިގެން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއި އެންވަޔަރްމަންޓް މިނިސްޓްރީ އަންނަ ހަފްތާގައި ކޮމިޓީއަށް ހާޒިރުކުރަން މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.
މި ލިއުމާއި ގުޅޭ