Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފުލުހުން ހޯދާ މީހަކު ފޮރުވައިގެން ގެންގުޅުމުން 5 މީހަކު ހައްޔަރުކޮށްފި

މާރާމާރީގެ މައްސަލައެއްގައި ފުލުހުން ހޯދަމުން އަންނަ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތުގައި ފަސް މީހަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފި އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން މިދިޔަ މަހު 15 ގައި ހޯދަން އިއުލާނުކުރީ ސ.މަރަދޫފޭސޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް އެވެ.

އޭނާ ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި ބަޔަކު އޭނާ ފޮރުވައިގެން ގެންގުޅޭ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. ފުލުހުން ބުނީ އެ މައްސަލައެއްގައި ފަސް ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން ރޭ މާލެ ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ. އަދި ހައްޔަރުކުރި މީހުންގެ މައުލޫމާތުވެސް ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި އިބްރާހީމް ފައިހް ނިޒާމް ހޯދަމުން ދަނީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ އެވެ.
މިފަހަކަށް އައިސް މާރާމާރީތައް އިތުރުވެފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު މާލޭގެ ފިހާރައެއްގެ ތެރޭގައި ވެސް މީހެއްގެ ގަޔަށް ވަޅި ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ. ފެބުރުވަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދިނީ 30 އަހަރުގެ އައްޑޫސިޓީއަށް ނިސްބަތްވާ ޒުވާނަކަށެވެ. އެ ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
އެ މައްސަލައިގައި މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާއިރު، މައްސަލައާ ގުޅޭ އިތުރު މީހަކު ހައްޔަރު ކުރުމަށް މި މަހު ކުރީކޮޅު ފުލުހުން ވަނީ މާލޭގައި ބޮޑު އޮޕަރޭޝަނެއް ހިންގާފަ އެވެ.
މި ލިއުމާއި ގުޅޭ