Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެއްލިގެން ހޯދާ މީހެއް

15 އަހަރުގެ ޒީކް އަނެއްކާވެސް ގެއްލިގެން ހޯދަނީ

އުމުރުން 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. މިއީ އެ ކުއްޖާ ގެއްލިގެން ހޯދާ ދެވަނަ ފަހަރެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ތ. ދިޔަމިގިލި/ އާގިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު އެވެ.

ފުލުހުން ބުނި ގޮތުގައި އެ އަންހެން ކުއްޖާ މާލެއިން ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުގެ ފަތިހު ގެއިން ނުކުތް އިރު އޭނާ ލައިގެން ހުރީ ޖޯޒީއެއް ކަމަށް މައުލޫމާތުދެ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުވެސް އޭނާ ގެއްލިގެން ހޯދަން އިއުލާންކުރި އެވެ. ޖެނުއަރީ 25 ވަނަ ދުވަހު ޒީކް ގެއްލުނުއިރު އުޅެމުން ދިޔައީ ގ. ތޯނީއައްސޭރީގަ އެވެ. އެފަހަރު އޭނާ ފެނުނީ ހައެއްކަ ދުވަސް ފަހުން ޖެނުއަރީ 29 ގަ އެވެ.

އުމުރުން 15 އަހަރުފެ ކުއްޖަކު ދެވަނަ ފަހަރަށް ގެއްލިގެން ހޯދަމުން އަންނައިރު، މިދިޔަ ހުކުރު ދުވަހުގެރޭ ވިލިމާލެއިން 13 އަހަރުގެ ކުއްޖަކު ގެއްލިގެންވެސް ރިޕޯޓުކުރި އެވެ. ފުލުހުން ވަނީ އިއްޔެ އެ ކުއްޖާ ހުޅުމާލެއިން ފެނުނުކަން ކަށަވަރުކޮށްދީފަ އެވެ.
މި ލިއުމާއި ގުޅޭ