Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ނިޒާރު

ނިޒާރުގެ ކުންފުންޏަކުން ނުދައްކާ އޮތް ކަރަންޓު ބިލުތައް 39،000ރ. އިން މަތީގައި

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ ކުންފުންޏަކުން ފެނަކައަށް ނުދައްކާ އޮތް ކަރަންޓު ބިލުތައް 39،000ރ. އަށްވުރެ މައްޗަށް އަރާފައިވާކަން އެނގިއްޖެ އެވެ.

"ދިޔަރެސް" އަށް އެނގިފައިވާ ގޮތުގައި ނިޒާރުގެ "ބްލޫ ލިންކް ޕްރައިވެޓް ލިމިޓެޑް" އިން މި މަހުގެ 19 ގެ ނިޔަލަށް 39،468ރ. ފެނަކައަށް ކަރަންޓު ބިލުގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ އެބަ އޮތެވެ.

އެއީ މި މަހުގެ ކަރަންޓު ބިލަށްވާ ފައިސާއާއި، މީގެ ކުރިން ނުދައްކާ އޮތް 24 ބިލަކަށްވާ ފައިސާ އަދި އެ ބިލުތަކުގެ ޖޫރިމަނާއާ އެކު އެވެ.

އެގޮތުން އައުޓްސްޓޭޑިން ބިލްތަކުގެ ގޮތުގައި 24 ބިލަކަށްވާ 36،994ރ. ބްލޫ ލިންކުން ފެނަކައަށް ނުދައްކާ އޮތްކަން އެ ކުންފުންޏަށް އެންމެ ފަހުން ފޮނުވި ކަރަންޓު ބިލުން އެނގެ އެވެ. އަދި އެ ބިލުތައް ނުދައްކާ އޮތުމުގެ ސަބަބުން ކޮންމެ ބިލަކަށް ޖޫރިމަނާވެސް އަރާފައިވެ އެވެ.

އެކަމަކު އެހާ ގިނަ ބިލުތަކަށް ފައިސާ ނުދައްކާ އޮތް އިރުވެސް އެ ކުންފުނިން ކަރަންޓު ކަނޑާލާފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.

ނިޒާރުގެ ކުންފުންޏަކުން ގިނަ ކަރަންޓު ބިލުތަކެއްގެ ފައިސާ ފެނަކައަށް ނުދައްކާ އޮތްކަން ހާމަވެފައިވާއިރު، އޭނާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި 1.2 މިލިއަން ރުފިޔާގެ ލޯނެއް އެއްބަސްވުމާ އެއްގޮތަށް ނުދެއްކި މައްސަލަވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. ނިޒާރު އެ ލޯނު ދައްކައި ހަލާސްކުރީ ބީއެލްއެމް އިން އެނާގެ މައްޗަށް ދައުވާ ކުރުމުންނެވެ.

މި ލިއުމާއި ގުޅޭ