Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ޖީއެސްޓީ މުރާޖައާކޮށް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް ގޮވައިލައި ގަރާރެއް

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅިގެން ތަކެތީގެ އަގު އުފުލެމުންދާތީ، ޖީއެސްޓީ ކުޑަކޮށް، ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ބުނީ، ސަރުކާރުން ޖީއެސްޓީ ބޮޑުކުރުމާއެކު ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ.

އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ތަކެތީގެ އަގު 7.8 ޕަސެންޓު އިތުރުވެ، ނިސްބަތުން ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި 75 އިންސައްތައަށްވުރެ މައްޗަށް އިންފްލޭޝަން އުފުލިފައިވާ ކަމަށް ގަރާރުގައި ބުންޏެވެ.
އެގޮތުން ރައްޔިތުން ކަންބޮޑުވާ މިންވަރަށް ރާއްޖޭގެ އިންފްލޭޝަން އުފުލެމުން ދިއުމާއެކު ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތަކާއި ހިދުމަތުގެ އަގުތައްވެސް އުފުލެއްމުންދާ ކަމަށް ގަރާރުގައި ބުންޏެވެ.
"ހާއްސަކޮށް ރަމަޟާން މަހަށް ދިވެހިން އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދާއިރު، ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރުކުރެވޭނެ މަގުތަކެއް ފެންނަން ނެތުމާއި ޖޫރިމަނާއާއި އެހެނިހެން ނަންނަމުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ،" ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އެހެންވެ، އެ ގަރާރުގައި ވަނީ ޖީއެސްޓީ އަލުން މުރާޖައާ ކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނތަކުގެ ހިދުމަތުގެ އަގު ހެޔޮކޮށް ރައްޔިތުންގެ އަތް ނުފޯރާ ހިސާބުގައި ހުރި މަދަލުގެ އަގުތައް ކޮންޓްރޯކް ކުރެވޭނެ ގޮތްތަކެއްގެ ރޭވުމަށް ގޮވާލާފަ އެވެ. އަދި ހާއްސަކޮށް ރަމަޟާން މަހު ބާޒާރުގެ އަގުތައް އަތްފޯރާ ފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.

މި ލިއުމާއި ގުޅޭ