Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް އިސްމާޢީލް (އިބުރާ)

މިދިޔަ 4 އަހަރަކީ ދައުލަތުގެ ހުރިހައި މުއައްސަސާއެއް ވާވެފައި އޮތް 4 އަހަރު: އިބުރާ

މިދިޔަ 4 އަހަރަކީ ސަރުކާރަށް މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް އޮތުމުގެ ސަބަބުން ދައުލަތުގެ ހުރިހައި މުއައްސަސާއެއް ވާވެފައި އޮތް 4 އަހަރު ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލު(އިބުރާ) ވިދާޅުވެއްޖެއެވެ.

ނިމިގެން މިދާ 5 އަހަރަކީ ދައުލަތުގެ މުއައްސަސާތައް ހަމައިސްކޮޅަށް ތެދުވެ، ނިޒާމުގަ ހުރި އެންމެ އަސާސީ މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލު ކުރުމަށް ފުރުސަތު ދެވިގެންދިޔަ 5 އަހަރު ކަމަށް އަދާލަތު ޕާޓީގެ ރަޖިސްޓްރާ ޝާފިއު އަލީ ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އިބުރާ ވިދާޅުވީ އެވާހަކަ އަކީ ކަނޑައެޅިގެން ރަނގަޅުނޫން ވާހަކައެއް ކަމަށެވެ.

އަދި ވިދާޅުވީ އެއްވެސް ތަނަކުން ސަރުކާރާ ދެކޮޅުނިންމުމެއް ނިމިގެން މިދާދައުރުގައި ނުނިންމޭ ކަމަށެވެ.

އިބުރާ ކުރެއްވި ޓްވީޓް

އެމްޑީޕީ ދެބަޔަކަށް ބައިވެފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެޕާޓީގެ މެމްބަރުން ގެންދަނީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަކާ ދެކޮޅަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުންދަނީ ފާޅުގައި މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ.

އެބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރައީސް އިބްރާހިމަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށެވެ. އަދި މި ސަރުކާރު މަގުމަތިން ވެސް ބަދަލުކުރަން ނިކުންނަން ޖެހިފައިވާ ކަހަލަ ގޮތަކަށް ބައެއް ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފައެވެ.

ރައީސް އިބްރާހިމަށް ދެވަނަ ދައުރެއް ހޯއްދަވައި ދިނުމަށް އެމަނިކުފާނާއެކު އަދި މިހާތަނަށް ނިންމެވީ އަދާލަތު ޕާޓީއާއި ސަން ސިޔާމުގެ އެމްޑީއޭއެވެ. މި ދެޕާޓީއަކީ ނިސްބަތުން މެމްބަރުން މަދު ދެޕާޓީއެވެ.

މި ލިއުމާއި ގުޅޭ