Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިޔާ ފްލެޓުތައް

ހިޔާގެ ކުލި ކުޑަކުރާނެކަމުގެ ޔަގީންކަން އިންތިޚާބާ ދިމާކޮށް ރައީސް ދެއްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވައިފިއެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޅުއްވި ހިޔާ ފުލެޓުތައް އެއިރުގެ ސަރުކާރުން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ 6،500 ރުފިޔާއަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެ މި ސަރުކާރުންވަނީ ހިޔާ ފުލެޓުގެ ކުލި 8000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އަދި އޭގެ އިތުރަށް ހިޔާ ފުލެޓުތައް އެ ފުލެޓުތަކުގެ ހައްގުވެރިންނާ ހަވާލުކުރީ އެ ފުލެޓުތަކުގެ ފިނިޝިން މަސައްކަތްވެސް ނުނިންމައެވެ. ނަތީޖާއެއްގެ ގޮތުން ފުލެޓުތަކުގެ މަސައްކަތް ގިނަ މީހުން ނިންމަންޖެހުނީ ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެންނެވެ. ފުލެޓުތަކުގެ ފިނިޝިން މަސައްކަތް ނުނިންމުނީ އެކަމަށް ކުރީ ސަރުކާރުން ހަމަޖެއްސި ލޯނު މި ސަރުކާރަށް ނުލިބުމުންނެވެ.

މިއަދު ރައީސް އޮފީހުގައި ހިޔާ ޔޫނިއަނުގެ ބޭފުޅުންނާ ބައްދަލުކުރެއްވި ކުރެއްވުމެއްގައި ރައީސް އިބްރާހީމްވަނީ އެ ބޭފުޅުންނަށް ހިޔާގެ ކުލި ކުޑަކުރެވިދާނެ ތިން ގޮތެއް ހިއްސާކުރައްވާފައެވެ. އެގޮތުން ހިޔާ ފުލެޓު ނިންމުމަށް ލޯނު ނެގި ފަރާތްތަކަށް ލޯނު ދައްކައި ނިމެންދެން ކުލި ކުޑަކުރުމާއި، ކުލި ނުދެއްކޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ކުލި ކުޑަކޮށްދިނުމާއި، ކުލި ދައްކާ މުއްދަތު އިތުރުކޮށް ހުރިހާ އެންމެނަށް ކުލި ކުޑަކުރުމަކީ ރައީސް ހުށަހެޅުއްވި ތިން ގޮތެވެ.

ހިޔާ ޔޫނިއަނުން އެދިފައިވަނީ އެންމެނަށް ކުލި ކުޑަކުރެވޭނެ ގޮތަކަށް އެކަން ހަމަޖައްސައިދިނުމަށެވެ. ރައީސްވަނީ ކުލި ކުޑަކުރައްވާނެކަމުގެ ޔަގީންކަން ހިޔާ ޔޫނިއަނުގެ ބޭފުޅުންނަށް ދެއްވާފައެވެ.

ހިޔާގެ ކުލި އިއުލާނު ކުރި ދުވަހުން ފެށިގެންވެސް ކުލި ކުޑަކޮށްދިނުމަށް ހިޔާ ފުލެޓުތަކުގެ ހައްގުވެރިން ވަކާލާތުކޮށް އަޑުއުފުލި ނަމަވެސް ހިޔާގެ ކުލި ކުޑަކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ސަރުކާރުން އެއިރު ބުންޏެވެ. އެގޮތުން ހިޔާ ކުލި ކުޑަކޮށްފިނަމަ ބޮޑު ގެއްލުމެއް ސަރުކާރަށްވާނެކަމަށް އެއިރު ސަރުކާރުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

ކުއްލިއަކަށް ހިޔާގެ ކުއްޔާމެދު ސަރުކާރުން ދެއްކި ވާހަކަތައް ބަދަލުވެ ކުލި ކުޑަކުރަން ނިންމާފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ 30،000 އަށްވުރެ ގިނަ މީހުންގެ އާބާދީން ވޯޓު ހޯދުމަށްކަމުގައި ބެލެވެއެވެ.

މި ލިއުމާއި ގުޅޭ