Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ނޮޅިވަރަންފަރު ސުކޫލުގެ އަހަރީ ޖަލްސާގައި މޮސްޓާ ވާހަކަދެއްކެވުމަށް މިނިސްޓްރީން ހުރަސްއަޅައިފި

ނޮޅިވަރަންފަރު ސުކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވާހަކަދެއްކެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުރަސްއަޅުއްވައިފިއެވެ.

މާޗު 18 ވަނަ ދުވަހުގެ ރޭ ނޮޅިވަރަންފަރު ސުކޫލުގެ އިނާދު ދިނުމަށް ބޭއްވި ހަފުލާގައި މޮސްޓާ ވާހަކަދައްކަވަން ހަމަޖެހިފައިވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ޒޯން ކޯޑިނޭޓަރު އެ ސުކޫލުގެ ޕްރިންސިޕަލަށް ގުޅުއްވައި މޮސްޓާއަށް ޖަލްސާގައި ވާހަކަދައްކަވަން ފުރުސަތު ދެއްވައިފިނަމަ ފިޔަވަޅުއަޅުއްވާނެ ކަމަށް ވިދާޅުވެ އިންޒާރުދެއްވިކަމަށް މޮސްޓާ ވިދާޅުވިއެވެ. އަދި އެކަމަކީ އެ ޖަލްސާގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ވަޑައިގެންނެވި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނައިބު އަޙްމަދު މުޖާހިދު ކުރެއްވި ކަމެއް ކަމަށެވެ.

މޮސްޓާ ނޮޅިވަރަންފަރު ސުކޫލުގެ އިނާމުދިނުމުގެ ޖަލްސާގައި ވާހަކަދެއްކެވުމަށް މިނިސްޓްރީން ހުރަސްއެޅިއިރު މީގެ ކުރިން އެހެން ސުކޫލުތަކުގެ އިނާމުދިނުމުގެ ޖަލްސާގައި މަޖިލިސް މެންބަރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ވާހަކަދައްކަވާފައިވެއެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މޮސްޓާ ވިދާޅުވީ ސުކޫލުތަކުގެ އަހަރީ އިނާމު ދިނުމުގައި ޖަލްސާތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވާހަކަނުދެއްކެވޭއިރު މެންބަރުގެ ނަމުގައި ހަދިޔާއާއި އިނާމު ދެވޭ ކަމަށެވެ. އަދި މެންބަރުންނަށް ސުކޫލަށް ބޭނުންވާ އެކި ސާމާނުވެސް ހަދިޔާކުރެއްވޭ ކަމަށެވެ.

އަދި އަތޮޅު ކައުންސިލުތަކުގެ ރައީސުންނާއި މިނިސްޓަރުންނާއި އޭގެ ދަށުން ތިއްބަވާ ސިޔާސީ ބޭފުޅުންނަށްވެސް ވާހަކަދެއްކެވޭ ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ. އަދި އެ ބޭފުޅުންވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް ސަނާކިޔުން އޯކޭކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީ ޓެގުކުރައްވައި މޮސްޓާވަނީ އެއީ ކޮން އުސޫލެއްތޯވެސް ސުވާލުކުރައްވާފައެވެ. އަދި މިނިސްޓަރުންނާއި އެ ބޭފުޅުންގެ ދަށުން ތިއްބަވާ ބޭފުޅުންނާއި އަތޮޅު ކައުންސިލަރުންނަކީ ސިޔާސީ ބަޔަކަށްނުވަނީތޯވެސް މޮސްޓާ ސުވާލު އުފެއްދެވިއެވެ.

މި ލިއުމާއި ގުޅޭ