Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާމެދު ވަރަށް އުންމީދު ބޮޑު: ޝިޔާމް

ކުރިއަށް އޮތް ކ. ގުރައިދޫ ދާއިރާގެ ބައި އިލްކްޝަނާއި ގުޅިގެން އިދިކޮޅު ކޯލިޝަނަށް ވަރަށް އުންމީދު ބޮޑުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ ތިން ނައިބު ރައީސުން ހިމެނޭގޮތަށް ޕީޕީއެމްގެ ޓީމެއް ގުރައިދޫ ދާއިރާގެ ބައި އިލްކްޝަނާއި ގުޅިގެން ފުރަތަމަ ކެމްޕެއިނު ދަތުރެއް ކުރީ އިއްޔެއެވެ.

އެ ދަތުރުގައި މެންބަރު ޝިޔާމްވެސް ހިމެނިވަޑަގަންނަވާއިރު އެ ދައތުރާއި ގުޅިގެން ވާހަކަ ދައްކަވަމުން އޭނާ "ދިޔަރެސް"އަށް ވިދާޅުވީ އެ ދަތުރުގައި ގުރައިދޫ ދާއިރާގެ ހުރިހާ ރަށަކަށްވެސް އިދިކޮޅު ކޯލިޝަނުގެ ކެނޑިޑޭޓާއިއެކު ރައްޔިތުންގާތަށް ގޭގެއަށް ޒިޔާރާތް ކޮށްފައިވާނެކަމަށެވެ.
އޭނާ ވިދާޅުވީ ބައި އިލެކްޝަނުގައި ވާދަކުރާ ތިން ކެނޑިޑެޓުންނަކީ ވެސް ގުރައިދޫއަށް ނިސްބަތްވާ ކެނޑިޑޭޓުންކަމަށްވާއިރު އިންތިހާބާއި ގުޅިގެން އެ ކޯލިޝަނުން ކުރަން ޖެހޭ މަސައްކަތްތައްވެސް އިތުރުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
އެހެންނަމަވެސް މަންޒަރު ފެންނަނީ ވަރަށް އުންމީދީ ގޮތަކަށް ކަމަށާއި އިންތިހާބު އެ ކޯލިޝަނަށް ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަރްހޫމް ރިޒާއަކީ ވަރަށް އިހްލާސްތެރިކަމާއެކު ދާއިރާއަށް ޚިދުމަތްތެރި ބޭފުޅެއްކަމަށްވާއިރު ރިޒާ ކުރެއްވީ ގައުމީ މަސައްކަތެއްކަމަށް އެ ދާއިރާގެ ރައްޔިތުން ގަބޫލުކުރާކަމަށެވެ.
އެހެންކަމުން ދައުރުގައި ދެން ބާކީ އޮތް ދުވަސްކޮޅު އެ ގޮނޑިއަކީ ރިޒާއަށް ހައްގު ގޮނޑިއެއްކަމަށް އެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން ދެކޭކަމަށާއި ރިޒާ ނެތް ވަގުތެއްގައި އެ ގޮނޑި އެންމެ ހައްގުކަން ބޮޑީ އާއިލާގެ ބޭފުޅަކަށް ކަމަށް ދާއިރާގެ ރައްޔިތުންވެސް ގަބޫލުކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ހުސައިން ރިޒާއަކީ މަރްހޫމް ރިޒާގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅަށް ވުމުގެ އިތުރުން މިހާރު އެ ގޮނޑިއަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންނަށް ބަލާއިރު ތައުލީމީ ގޮތުންވެސް އެންމެ ގާބިލު ބޭފުޅާ" ހުސައިން ރިޒާއކަީ އެ ގޮނޑިއަށް އެންމެ ގާބިލު ބޭފުޅާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިއްޔެގެ ދަތުރުގައި ހުރިހާ ޕާޓީއެއްގެ ރައްޔިތުންނާވެސް ބައްދަލުވިކަމަށާއި ހުސައިން ރިޒާއަށް އެ ގޮނޑި ކާމިޔާބު ކުރެއްވޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށެވެ.
ނަމަވެސް ޕާޓީއަށް އޮތް ކަންބޮޑުވުމަކީ ބައި އިލެކްޝަންތަކާއި ދިމާކޮށް ސަރުކާރުން ފޯރުވާ ނުފޫޒުތައްކަމަށާއި އެންމެ ފަހުން އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސީދާ ނުފޫޒު ފޯރުވުމަށް ގާތްގަނޑަކަށް 500 މިލިއަނެއްހާ ރުފިޔާގެ ޕްރިޖެކްޓް ސަރުކާރުން އެވޯޑުކުރިކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

އެކަން ފާހަގަކުރައްވާ އޭނާވަނީ ސަރުކާރުގެ މިފަދަ އަމަލުތަކަށް ފާރަވެރިވުމަށް ރައްޔިތުން ގާތު އެދިލއްވާފައެވެ.

މި ލިއުމާއި ގުޅޭ