Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުވާދު ތައުފީޤް

ރިޔާސީ އިންތިހާބަށް ނުފޫޒެއް ނުފޯރުވޭނެ، ޖެހޭނެ ވަކިފަރާތެއް ނޯންނާނެ: ފުއާދު

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު މިނިވަން ކަމާއިއެކު ކުރިއަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށާއި އެ އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް އެކުލަވާލަފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ރިޠާސީ އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެކަމަށެވެ.

އަދިހާރައްޔިތުން ލާ ވޯޓުގެ ނަތީޖާ ހާމަކަން ބޮޑުކޮށް ކޮމިޝަނުން ހާމަކުރަމުންދާނެކަމާއި ރައްޔިތުން ލާ ވޯޓުގެ ތެދު ނަތީޖާ ގެނެސްދޭނެކަމުގެ ޔަގީންކަން ފުއާދު ދެއްވާފައިވެއެވެ. އެގޮތުން ވޯޓަށް އެއްވެސް ކަހަލަ ބަދަލެއް އަންނާނެ ފުރުސަތެއް ނުދީ ރައްޔިތުން ވޯޓުލީ ގޮތަކަށް ނަތީޖާ ނެރެ ދިނުމަށްޓަކައި އެ ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ފުއާދު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން ޖެހޭނެ ވަކި ފަރާތެއް ނޯންނާނެ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ފަރާތަކުން އަޅުގަނޑުމެންގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވިދާނެކަމަކަށް." ފުއާދު ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ