Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަރަބިއްޔާ ސުކޫލު

ޢަރަބިއްޔާގައި މޫނުބުރުގާ އެޅުން މަނާކުރަނީ

ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އެޅުން ހުއްޓުވަން އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން އެ ސްކޫލުން ތަންފީޒު ކުރަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ފޮނުވި ސިޓީއެއްގައި ވަނީ އެއްވެސް ބަދަލެއް ނުގެނެސް މިހާރު އޮތް ގޮތަށް ޔުނީފޯމް ކޯޑަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް ޢަރަބިއްޔާ ސްކޫލުގައި އެދިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން ޢަރަބިއްޔާ ސްކޫލުން އަންނަނީ މޫނު ބުރުގާ އަޅާ ކުދިންނާއި ބެލެނިވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުންނެވެ.

ޢަރައްބިޔާ ސްކޫލްގެ ޔުނީފޯމު ކޯޑުގައި އަންހެން ކުދިންނަށް ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅު އެކަންޏެވެ. އެ ސްކޫލްގައި ކިޔެވޭނީ ބުރުގާ އަޅާ އަންހެން ކުދިންނަށް އެކަންޏެވެ. އަދި ފިރިހެން ކުދިންގެ ޔުނީފޯމް ކޯޓުގައި ހިމެނެނީ ގަމީހާއި ފަޓްލޫނެވެ.

މި ލިއުމާއި ގުޅޭ