Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޝަހީމް އަލީ ސައީދު

މި ރަމަޟާން މަހު ހުޅުމާލޭ މަސްޖިދުއް ރަޝީދުގައި އިމާމުވެ ތަރާވީޙު ނަމާދުކުރައްވާނީ ޑރ.ޝަހީމް

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ހުޅުމާލޭގައި ހުންނަ މަސްޖިދުއް ރަޝީދުގައި، ތަރާވީޙު ނަމާދު އިމާމުވެވަޑައިގެން ކުރައްވާނެކަން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ކުރީގެ ޗާންސެލަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާނުކުރައްވައިފިއެވެ.

ޑރ.ޝަހީމަކީ އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވިއިރު އަދި ފަހުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަޤާމުގައި ހުންނެވިއިރުވެސް ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދުކުރެއްވި ބޭފުޅެކެވެ.

އޭނާއަކީ ރާއްޖޭގައި ތިއްބެވި ހާފިޒުންގެ ތެރެއިން ޤުރުއާން ރީތިކޮށް ކިޔަވައިވިދާޅުވާ ބޭފުޅެކެވެ. ބޭރުގައި ކިޔަވައިވިދާޅުވިއިރު އެ ޤައުމުތަކުގެ މިސްކިތްތަކުގައިވެސް އިމާމުވެ ނަމާދކުރެއްވި ޑރ.ޝަހީމުގެ ފަހަތްޕުޅުގައި ނަމާދުކުރުމަށް ކޮންމެ ރަމަޟާން މަހެއްގައިވެސް ގިނަ ބަޔަކު ޝައުޤުވެރިކަން ހުރެއެވެ.

މިއަހަރު ޝަހީމު އިމާމުވެ ނަމާދުކުރައްވާ ހުޅުމާލޭ މަސްޖިދު ރަޝީދަކީ ރަޝީދު ކާޕެންޓްރީން އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން ހުޅުމާލޭގައި އަޅާފައިވާ ތިން ފަންގިފިލާގެ މިސްކިތެކެވެ. އެ މިސްކިތް ހުންނަނީ އޭސީކޮށްފައެވެ.

މި އަހަރުގެ ރަމަޟާން މަހުގެ މުލަ ރޯދަދުވަސްކަމަށް ކަލަންޑަރުގައި ބުނެފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހެވެ. ބުދަދުވަހުގެ ރޭ ހަނދު ބެލުމުން ރަމަޟާން މަސް ފެށޭނެ ދުވަސް ކަށަވަރުވާނެއެވެ.

މި ލިއުމާއި ގުޅޭ