Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުންނަށް 5،000 ރުފިޔާ

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ އަދި ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި އިތުރު 2،000 ރުފިޔާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނަށް ދީފިއެވެ.

މިއަދު އެމްއޭސީއެލުން ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ޤާނޫނުގައި ރޯދަ އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 3،000 ރުފިޔާ އެ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުސްލިމުންނަށް މިއަދު ޖަމާކޮށްދީފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ކުންފުނީގެ މަސައްކަތުގެ ބާވަތުން ރަމަޟާން މަހުގައި ކުންފުނީގެ މަސައްކަތަށް މުވައްޒަފުން ދޭންޖެހޭ އަހަންމިއްޔަތު ފާހަގަކޮށް ރޯދަމަހާ ގުޅިގެން ކުންފުނިން ހަދިޔާއެއްގެ ގޮތުގައި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް އިތުރު 2،000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކުންފުނިން ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމި 2،000 ރުފިޔާވެސް ރޯދަ އިނާޔަތުގެ ފައިސާއާއެކު މުވައްޒަފުންނަށް ޖަމާކޮށްދީފައިވާނެކަމަށް ކުންފުނިން ބުންޏެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދިނުމަކީ ވަޒިފާއާ ބެހޭ ޤާނޫނުން ލާޒިމުކުރާ ކަމެކެވެ.

މި އަހަރު ސަރުކާރުގެ މުވައްޒަފުންނަށް ރަމަޟާން މަހު ދޭ ރޯދަ އިނާޔަތް ޖަމާކުރާނެ ދުވަހަކީ މިއަދުކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި އަހަރުގެ މުލަ ރޯދަ ދުވަސްކަމަށް ހިސާބުތަކުން ދައްކަނީ އަންނަ ބުރާސްފަތިދުވެހެވެ. ނަމަެސް މުލަ ރޯދަ ދުވަސް ޔަގީންވާނީ ބުދަދުވަހުގެ ރޭ ހަނދު ބެލުމުންނެވެ.

މި ލިއުމާއި ގުޅޭ